އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގަ އިޚްލާޞްތެރިކަމެއް ހުރި ނަމަ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ބުދުތައް ނަގާނެ: ޝައިޚް ޝަފީޢު ޢަބްދުﷲ

ސަރުކާރުގަ އިޚްލާޞްތެރިކަމެއް ހުރި ނަމަ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ބުދުތައް ނަގާނެ: ޝައިޚް ޝަފީޢު ޢަބްދުﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ސަރުކާރުގައި އިޚްލާޞްތެރިކަމެއް ހުރި ނަމަ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ބުދުތައް ނަގާނެކަމަށް އައްޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޝައިޚު ޝަފީޢު މިކަން ހާމަކުރައްވާފައިވަނީ ޝައިޚުގެ އަމިއްލަފުޅު ފޭސްބުކްގައެވެ.

ޝައިޚް ޝަފީއު ވިދާޅުވެފައިވަނީ ސަރުކާރު ވެސް އެއީ (ރިޒޯޓުގައި ބަހައްޓާފައިވާ ބުދުތަކަކީ) ދީނީ ގޮތުން ނަގަން ނުޖެހޭ އެއްޗެތިތަކެއް ކަމަށް ޤަބޫލުކުރާނަމަ ސަރުކާރުގެ ދީނީ މުއައްސަސާތަކާއި މަޝްވަރާ ކުރުމަށްފަހު ނުނެގޭނެ ކަމަށް ބުނުމުން ފުދޭނެ ކަމަށެވެ.

ޝައިޚް ޝަފީޢު ވިދާޅުވީ ނަމަވެސް މިހާރު މިވީ އެހެން ނޫން ކަމަށާއި މިހާރު މިވީ ގޮތަކީ އެ އެއްޗެތި ނަގަން އަންގައިފިއޭ ކިޔާފައި ރައީސް އޮފީހުން މީޑިއާއަށް ހާމަކޮށް، ޓޫރިޒަމް މިނިސްޓްރީން އެކަމަށް ހުއްދަ ނުދޭ ކަމަށް ބުނެފައި އެކަން އެހިސާބުން ނިންމައިލީ ކަމަށެވެ.

ޝައިޚް ޝަފީއު ވިދާޅުވީ މިއީ ވޯޓް ހޯދަން ކުރި ކަމެއް ނަމަ މިހާރު އެވަނީ މިކަން ބައިކޮޅަށް ޖެހި ގޯލަކަށްވެފައި ކަމަށާއިި ސަރުކާރުގައި އިޚްލާޞްތެރިކަމެއް ހުރި ނަމަ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިއެއްޗެތި (ބުދުތައް) ސަރުކާރުން ނަގާނެ ކަމަށެވެ.

"ސަރުކާރު ވެސް އެއީ ދީނީ ގޮތުން ނަގަން ނުޖެހޭ އެއްޗެތިތަކެއް ކަމަށް ޤަބޫލުކުރާނަމަ ސަރުކާރުގެ ދީނީ މުއައްސަސާތަކާ މަޝްވަރާ ކުރުމަށްފަހު ނުނެގޭނެ ކަމަށް ބުނުމުން ފުދޭނެ.

އެކަމަކު މިހާރު މިވީ އެހެނެއް ނޫން. މިހާރު މިވީ ގޮތަކީ އެ އެއްޗެތި ނަގަން އަންގައިފިއޭ ކިޔާފަ ރައީސް އޮފީހުން މީޑިއާއަށް ހާމަކޮށް، ޓޫރިޒަމް މިނިސްޓްރީން އެކަމަށް ހުއްދަ ނުދޭ ކަމަށް ބުނެފައި އެކަން އެހިސާބުން ނިންމައިލީ. މިއީ ވޯޓް ހޯދަން ކުރި ކަމެއް ނަމަ މިހާރު އެވަނީ މިކަން ބައިކޮޅަށް ޖަހާ ގޯލެއްގެ ގޮތުގަ ވެފަ. އިޚްލާޞްތެރިކަމެއް ހުރި ނަމަ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިއެއްޗެތި ނަގާނެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް