އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ދުޢާ ކުރުން އެންމެ ރަނގަޅު 19 ވަގުތު

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ދުޢާ ކުރުން އެންމެ ރަނގަޅު 19 ވަގުތު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ދުޢާ ކުރުން އެންމެ ރަނގަޅު ދުވަހަކީ ކޮބައިތޯ؟ ކުރި ސުވާލެއްގެ ޖަވާބުގައި ޝައިޚު ޝާފިޢު ވަނީ ދުޢާ ކުރުން އެންމެ ރަނގަޅު 19 ވަގުތު ހާމަކުރައްވައިފައެވެ.

މިސުވާލުގެ ޖަވާބުގައި ޝައިޚު ޝާފިޢު ވިދާޅުވީ:

"ދުޢާ އިޖާބަ ކުރަށްވާ ޚާއްސަ ވަގުތުތަކެއް ވެއެވެ، އެ ވަގުތު ތަކަކީ

1. ޟައިޟަތުލް ޤަދިރި ވިލޭރޭ
2. ރޭގަނޑުގެ ފަހު ތިން ބަޔަށް އެޅުމުން
3. ފަރުޟު ނަމާދު ތަކުގެ ފަހުގައި
4. ފަރުޟު ނަމާދު ތަކަށް ބަންގި ގޮވާގަޑި
5. ވާރޭ ވެހޭ ގަޑީ ކުރާ ދުޢާ
6. ރޭގަނޑުގެ ކޮންމެވެސް ވަގުތެއް
7. ހުކުރު ދުވަހުގެ ވަގުތު ކޮޅެއް
8. ޒަމްޒަމް ފެން ބޯގަޑި
9. ސަޖިދައިގަ އޮންނަ ވަގުތު
10. ހެންދުނު ހާ ގޮވާ ގަޑި
11. މައްޔިތެއްގެ ފުރާނަ ދާހިނދު މީސްތަކުން ކުރާ ދުޢާ
12. ބަލި މީހުންގެ ކާރިއަށް ޒިޔާރަތް ކުރާ ހިންދު ކިޔާ ދުޢާ
13. އަނިޔާ ލިބުނު މީހާގެ ދުޢާ
14. ބައްޕަ އަކު ދަރިއަކަށް ކޮށްދޭ ދުޢާ
15. ރޯދަ ވެރިޔާގެ ދުޢާ
16. ދަތުރު ވެރިޔާގެ ދުޢާ
17. ޞާލިޙް ދަރިއަކު ބައްޕަ އަށް ޓަކައި ކުރާ ދުޢާ
18. ރޭގަނޑު ނިދިން ހޭލައިގެން ކުރާ ދުޢާ
19. ހަނގުރާމައިގެ ލަޝްކަރު ބައްދަލުވާގަޑި

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު