އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ޕާކިސްތާނުން ކާމިޔާބުކޮށްފި

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ޕާކިސްތާނުން ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ޕާކިސްތާނުން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު ޕާކިސްތާނުން ކާމިޔާބުކުރީ ނޭޕާލާއި ވާދަކޮށް 2 ލަނޑު 1 ލަނޑުގެ ނަތީޖާއަކުންނެވެ.

ބަނަްްގްލަދޭޝްގރ ވެރިރަށް ޑާކާގެ ބަންްގް ބަންދު ސްޓޭޑިއަމްގައި ކުޅުނުޗުގެ 36 ވަނަ މިނެޓުގައި ލީޑުނެގީ ޕާކިސްތާނަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ޖަހައިދިނީ މުޙައްމަދު ރިޔާޒެވެ.

މި ލަނޑާއެކު ޕާކިސްތާނުން ރަނގަޅު ކުޅުމެއް ދައްކަމުންދަނިކޮށް ފުރަތަމަ ހާފު ނިމުކުގެ ކުރިން ނަތީޖާ އެއްވަރުކުރުމަށް ނޭޕާލަށް ވަނީ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ނޭޕާލްގެ ސުމަބް އަރްޔާ ހުސްކޮށްހުރެ ބޮލުން ފޮނުވާލި މި ހަމަލާ ޕާކިސްތާނުގެ ކީޕަރު ޔޫސުފް ބަޓް ވަނީ ދިފާޢުކޮށްފައެވެ.

އެހެންނަމަވެސް ދެވަނަ ހާފުގައި ޕާކިސްތާނުގެ އެޓޭކިންގ ވަރުގަދަކޮށް 83 ވަަނަ މިނެޓުގައި ބިމަލް ގާތީ މަގަރް ވަނީ ލަނޑެއްޖަހާދީ އުއްމީދު އާކޮށްދީފައެވެ.

މެޗުގެ ފަހު ވަގުތު ޕާކިސްތާން ޓީމަށް 3 ޕޮއިންޓު ޔަގީންކޮށްދިނީ މުޙައްމަދު ޢަލީ އެވެ.

މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޕާކިސްތާނާއި ނޭޕާލާއި ބަންގްލަދޭޝް އަދި ބޫޓާނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް