ކްރޮއޭޝިއާ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސް ހޯދައިފި

ކްރޮއޭޝިއާ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ރަޝިއާގެ މޮސްކޯގައި ކުރިއަށްދިޔަ ފިފާ ވަރލްޑް ކަޕްގައި ކްރޮއޭޝިއާ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސް ހޯދައިފިއެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ 2-4 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.ފުރަތަމަ ހާފު ފެށިގެން ފްރާންސުން އެޓޭކިންގ ކުޅުމެއް ކުޅުމުގެ ނަތީޖާއަކީ ފްރާންސުން ގޯލެއްޖަހާ ލީޑު ނެގުމެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ފްރާންސަށް ލީޑު ލިބުނީ ލިބުނު ހިލޭ ޖެހުމެއް ގްރީޒްމަން ފޮނުވާލުމުން ކްރޮއޭޝިއާގެ މަންޑުޒިކިޗްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

މި ގޯލާއެކު ކްރޮއޭޝިއާގެ ކުޅުން ވަަރުގަދަކޮށް ފްރާންސްގެ ދިފާޢީ ތަނބުތަކަށް ބާރުބޮޑުކުރަން ފެށިއެވެ. އެގޮތުން 28 ވަނަ މިނެޓުގައި ޕެރިސިޗް ވަނީ ގޯލެއްް ޖަހާ އެއްވަރުކޮށްފައެވެ.

އެހެންނަމަވެސް 38 ވަނަ މިނެޓުގައި ފްރާންސަށް ލިބުނު ޮެޕެނަލްޓީއަކުން ގްރީޒްމަން ވަނީ ގޯލެއް ޖަހާ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މިއީ މި މުބާރާތުގައި ގްރީޒްމަން ޖެހި 4 ވަނަ ގޯލެވެ.

ފުރަތަމަ ހާފުގައިވެސް ގިނަވަގުތު ކުޅެފައިވާ ކްރޮއޭޝިއާއިން ދެވަނަ ހާފު ފަށައިގެން 47 ވަނަ މިނެޓުގެ ތެރޭގައި ފްރާންސްގެ ގޯލަށްް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަަވެސް ފްރާންސްގެ ގޯލުކީޕަރު ވަނީ ދިފާޢުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މީގެ އިތުރުންވެސް ދެޓީމުންވެސް ވަނީ ލަނޑުޖަހަން ފުރުޞަތު ހޯދާފައެވެ.

ފްރާންސަށް އުއްމީދު އާކޮށްދިނީ 58 ވަނަ މިނެޓުގައި ޕޮގްބާ ޖަހައިދިން ގޯލުންނެވެ. މިއީ ކައުންޓަރ އެޓޭކެއްގައި އެމްބަޕޭ ގޯލުކުރިމައްޗަށް ހުރަސްކުރި ބޯޅަ ގްރީޒަންް ޖައްސާލުމުން ޕެނަލްޓީ އޭރިއާގެ ބޭރުގަައި ހުރެފައި ޕޮގްބާ ވައަތު ފައިން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި ލަނޑަށްފަހު ފްރާންސުން ކުޅުން ވަރުގަދަކޮށް 65 ވަނަ މިނެޓުގައި އެމްބަޕޭ ވަނީ ފްރާންސްގެ 4 ވަނަ ގޯލު ޖަހާފައެވެ. އަދި މިއީ މި މުބާރާތުގައި އެމްބަޕޭ ޖެހި 4 ވަނަ ގޯލެވެ.

މީގެ އިތުރުން އެމްބަޕޭގެ މި ގޯލަކީ 1970 ވަނަ އަހަރަށްފަހު ޓީނޭޖު ކުޅުންތެރިއަކު ވަރލްޑް ކަޕް ފައިނަލު މެޗެއްގައި ޖެހި ފުރަތަމަ ލަނޑެވެ. މި ޝަރަފް މީގެކުރިން އޮންނަނީ ބްރެޒިލްގެ ތަރި ޕެލޭގެ އަތުގައެވެ. ޕެލޭވެސް ފައިނަލްެޗުގައި ގޯލު ޖަހާފައިވަނީ ޢުމުރުން 19 އަހަރުގައެވެ. އެމްބަޕޭގެ މިހާރުގެ ޢުމުރަކީވެސް 19 އަހަރެވެ.

ފްރާންސްގެ 4 ވަނަ ގޯލު ޖެހިތާ 4 މިނެޓުފަހުން ކްރޮއޭޝިއާ އިންވަނީ އެޓީމުގެ ދެވަނަ ގޯލު ޖަހާފައެވެ. މިއީ ފްރާންސްގެ ޑިފެންޑަރު ގޯލުކީޕަރަށް ޖައްސާލުމުން އެބޯޅަ ރަނގަޅަށް ފޮނުވާނުލެވިގެން އުޅެނިކޮށް މަންޑުޒިކިޗް ޖަހަައިދިން ގޯލެކެވެ.

މި މެޗުގެ ފަހުހާފު ނިމެން ކައިރިވެފައިވަނިކޮށް ފްރާންސްގެ ޕޮގްބާއަށްވެސް ވަނީ ލީޑު ފުޅާކުރުމަށް ފުރުޞަތުލިބި ބޭކާރުވެފައެވެ.

މިރޭގެ މެޗަށް ނުކުތްއިރު، 1998 ވަނަ އަހަރުގެ ސެމީފައިނަލުގައިވެސް މި ދެޓީމުވަނީ ބައްދަލުކޮށްފައެވެ. މީގެ 20 އަހަރުކުރިން ބޭއްވި 'ފްރާންސް 98' ގެ ސެމީފަައިނަލު މެޗުވެސް ކާމިޔާބުކުރީ ފްރާންސްއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް