އިބޫއަށް ލާ ފާހަގަ ފޮހެވޭނެކަމަށް ދައްކަނީ ދޮގުވާހަކަ - އެއީ މާޔޫސް ކުރުވައިގެންވެސް 1 ނަމްބަރަށް ވޯޓު ލެއްވޭތޯ ދައްކާވާހަކަ: ޢަލީ ޒާހިރު
އިބޫއަށް ލާ ފާހަގަ ފޮހެވޭނެކަމަށް ދައްކަނީ ދޮގުވާހަކަ - އެއީ މާޔޫސް ކުރުވައިގެންވެސް 1 ނަމްބަރަށް ވޯޓު ލެއްވޭތޯ ދައްކާވާހަކަ: ޢަލީ ޒާހިރު
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު
ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަށް ލާ ފާހަގަ ފޮހެވޭނެކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތައް ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޢަލީ ޒާހިރު މިއަދު ވިދާޅުވީ އެފަދަ ދޮގު ވާހަކަތައް ފަތުރަނީ ރައްޔިތުން މާޔޫސް ކުރުވައިގެންވެސް 1 ނަމްބަރު ލިބުނު ކެންޑިޑޭޓަށް ވޯޓު ލެއްވޭތޯ ކަމަށެވެ.
"އަޅުގަނޑު ވަރަށް ޔަޤީން ކަމާއިއެކު މިދަންނަވަނީ އެފަދަ ޓެކްނޮލޮޖީއެއް ރާއްޖެއަކު ނެތޭ. ވޯޓުކަރުދާސް ޗާޕުކުރި އެމް 7 ޕްރިންޓަކު އެފަދަ ޓެކްނޮލޮޖިއެއް ނެތޭ."
އެމް 7 ޕްރިންޓުން ރޭ ބުނެފައިވަނީ ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ އެތަނުން ކަމަށާއި ޗާޕުކުރުމުގެ އެއްވެސް ަމަރުހަލާއެއްގައި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
އަބްދުއްލަތީފް
22 ސެޕްޓެމްބަރ 2018