އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޔާސީ އިންތިޚާބު ބާޠިލުކުރަން އުފެއްދޭނެ ސަބަބެއްވެސް ނޯންނާނެ: ޢަލީ ޒާހިރު

ރިޔާސީ އިންތިޚާބު ބާޠިލުކުރަން އުފެއްދޭނެ ސަބަބެއްވެސް ނޯންނާނެ: ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ރިޔާސީ އިންތިޚާބު ބާޠިލުކުރެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި އިންތިޚާބު ބާޠިލުކުރަން އުފައްދައިގެންވެސް ކޯޓަކަށް ވެއްދޭނެ އެއްވެސް ޙަޤީޤީ ސަބަބެއް ނުދެއްކޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު މިރޭ ވިދާޅުވީ އިންތިޚާބެއް ކާމިޔާބު ނުކުރެވުމަކީ އިންތިޚާބު އިންޞާފުވެރި ނުވުން ނޫން ކަމަށާއި ރައީސް ޢަބްދުﷲ ޔާމީނަށް އިންތިޚާބު ނާކާމިޔާބުވީ ވަޒީފާގެ ބިރު ދައްކައިގެންނާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން ތާއީދު ހޯދަން އުޅުމުން ކަމަށެވެ. "ދޮރުން ދޮރަށް ހިނގި މީހުން ހިނގަމުން ވެސް ބުނީ މިކަން މިކުރަނީ ވަޒީފާގެ ބިރަށް ކަމަށް. ކޮންމެހެން ރައީސް ޔާމީނަށް ވޯޓު ހޯދައިދޭން ބޭނުންވެގެން ނޫން ކަމަށް."

ޢަލީ ޒާހިރު ވިދާޅުވީ ސަލާމަތީ ބާރުތަކުންވެސް އަދި އެހެން މުއައްސަސާތަކުންވެސް ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ރައްޔިތުން ތިބީ ސާބިތުކަމާއިއެކު ރައްޔިތުންގެ ނިންމުން ދިފާއުކުރަން ކަމަށާއި މިހާރުވެސް ތިބީ ކެތް މަދުވެފައި ކަމަށެވެ. އެހެންވީމާ މިކަންކަމަށް ހުރިހާ ފަރާތްތަކުންވެސް ވިސްނަން ޖެހޭނެ ކަމަށެވެ.

"ސަލާމަތީ ބާރުތަކަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު މިދަންނަވަނީ ރައްޔިތުން ލީވޯޓު ހޯދަން ރައްޔިތުން ނުކުމެއްޖެ ނަމަ އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީތައް ހިންގަން ތިބި ބައެކޭ ކިޔާފަ ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. މިހާރުވެސް ވަރަށް ޕްރެޝަރު އާދޭ. އިހްތިޖާޖުކުރަން މަގުތަކަށް ނުކުންނަން ވެސް ރައްޔިތުން ބޭނުންވޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެމުން މިދަނީ ކެތްތެރިވުމަށް. ކަންކަން ދާނީ ރަނގަޅަށް ކަމަށް. ނަމަވެސް އެއްވެސް ކަމެއް އަދުލު އިންޞާފުން ބޭރުން ކަމެއް ހިނގައްޖެ ނަމަ މި ޤައުމު އެކަން މާފެއް ނުކުރާނެ." ކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ޤާއިމުކުރެވޭ ސުން ސުކުންތުން ފެށިގެން ދާނީ ވައުދުތައް ފުއްދަމުން ކަމަށާއި އެވަގުތާއި ހަމައަށް ކެތްތެރިވެލައިގެން ތިބުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް