އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަމާލުވޭ! ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާރޓް ނެރެފި

ސަމާލުވޭ! ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާރޓް ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

މިދުވަސްކޮޅު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރައިގެ ސަބަބުން ބޮޑު ބަޔަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނިގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަަފާ ކޮށްފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާއިރު، ބައެއް ސަރަޙައްދުތަކަށް އުދަ އެރުން ވެސް އެކަށީގެންވާ ކަަށް އެއިދާރާއިން ބުނެފައިވެއެވެ.

ޔެލޯ އެލާރޓް ނެރެފައިވަނީ ިއަދު ހަވީރު 17:30 އިން ފެށިގެން 21:30 އާއި ހަމައަށެވެ.

ޔެލޯ އެލާރޓް ނެރެފައިވާއިރު ކަނޑު ދަތުރު ކުރާއިރު ވަރަށް ބޮޑަށް ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރެއް މެނުވީ ނުކުރުމަށް މެޓް އޮފީހުން ނަސޭޙަތްތެރިވެއެވެ. އަދި ކަނޑުދަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްފަހު މެނުވީ ދަތުރު ނުފެއްޓުމަށް ވެސް އިރުޝާދު ދެއްވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ