އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނޑުގަދަވުމުގެ އިންޒާރާއެކު 11 އަތޮޅަކަށް ވައިޓް އެލާޓު ނެރެފި

ކަނޑުގަދަވުމުގެ އިންޒާރާއެކު 11 އަތޮޅަކަށް ވައިޓް އެލާޓު ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 31 ސިކުންތު

ކަނޑަގަދަ ވެދާނެ ކަމުގެ އިންޒާރާއެކު ރާއްޖޭގެ 11 އަތޮޅަކަށް ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއޮ ހަމައަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެ ކަމަށާއި މިސަރަޙައްދަށް ގަޑިއަކު 23 މޭލާ 29 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިގަދަވާނެ ކަމަށާއި ކޮޅިގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 16:15 އިން މިރޭ 22:15 އާއި ހަމައަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ