އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލްމާން ރަސްގެފާނުގެ ދައުވަތަކަށް ރައީސް ނަޝީދު ސައުދީއަށް ވަޑައިގަންނަވަނީ!

ސަލްމާން ރަސްގެފާނުގެ ދައުވަތަކަށް ރައީސް ނަޝީދު ސައުދީއަށް ވަޑައިގަންނަވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ސައުދީގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒު އައް ސައުދުގެ ދައުވަތަކަށް ދިވެހިރާއްޖެގެ ކުރީގެ ރައީސްމުހައްމަދު ނަޝީދު (އައްނި) ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބުދުލް ގަފޫރު ވިދާޅުވީ އިންތިހާބުގެ ކުރިންވެސް ރައީސް ނަޝީދާއި ސައުދީ އަރަބިއްޔާއިން ދިޔައީ މަޝްވަރާ ކުރަމުން ކަމަށެވެ. ރައީސް ނަށިދު މިވަްުތު ހުއްނެވީ އިނގިރޭސި ވިލަތުގައެވެ. އަދި މި ދަތުރުފުޅު އޮންނާނީ މިމަހު 15 ގައި ކަމަށް މައުލޫމާތުލިބިފައިވެއެވެ.

ސައުދީގެ އިސް އޮފިޝަލަކު ލަންކާއަށް ވަޑައިއިގެން ރައީސް ނަޝީދާއި ބައްދަލު ކުރެއްވި ކަމަށްވެސް ހާމިދު ވިދާޅުވިއެވެ..
މި ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އިންތިހާބީ ރައީސް ސޯލިހު، ރިޔާސީ އިންތިހަބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ސަލްމާން ރަސްގެފާނު ވަނީ އެމަނިކުފާނުގެ ޚާއްސަ ވަފުދެއް ފޮނުއްވާ އިންތިހާބީ ރައީސަށް މަރުހަބާ ދަންނަވާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރަށް ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް