އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލިސް ހުއްޓުވާފަ ބާއްވާ ކޮންމެ ދުވަހަކީ ޤައުމުގެ ޑިމޮކަރަސީ ޙަޔާތް ސަންދޯކުއެޅުމަށްފަހު ސަންދޯކަށް ޖަހާ މޮހޮރެއް: ރަނިލް

މަޖިލިސް ހުއްޓުވާފަ ބާއްވާ ކޮންމެ ދުވަހަކީ ޤައުމުގެ ޑިމޮކަރަސީ ޙަޔާތް ސަންދޯކުއެޅުމަށްފަހު ސަންދޯކަށް ޖަހާ މޮހޮރެއް: ރަނިލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މަޖިލިސް ހުއްޓުވާފަ ބާއްވާ ކޮންމެ ދުވަހަކީ ޤައުމުގެ ޑިމޮކަރަސީ ޙަޔާތް ސަންދޯކުއެޅުމަށްފަހު ސަންދޯކަށް ޖަހާ މޮހޮރެއް ކަމަށް  ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ވިދާޅުވެއްޖެއެވެ.

 

ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ މިހާރު ވަނީ އެޤަމުގެ ޕާލަމެންޓް ހުއްޓުވައިފައެވެ. ނޫސްތަކުގައި ބުނާ ގޮތުން ދެފަރާތުންވެސް ގެންދަނީ ބޮޑު އަގުދީފައި މެންބަރުން ގަންނަމުންނެވެ. ހަމަ އެއާއިއެކު ސަރުކާރުން ގެންދަނީ ރަނިލް ޕާޓީގެ މެންބަރުން ހައްޔަރުކުރަމުންނެވެ. މި އަދުވެސް 2 މެންބަރަކު ހައްޔަރުކޮށްފައިވާ ކަމަށް  ވަނީ މައުލޫމާތު ލިބިފައެވެ.

 

ރަނިލް ވިދާޅުވީ މަޖިލިސް ހުއްޓުވާފައި ބާއްވާ ކޮންމެ ދުވަހަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތުން ބައިތަކެއް ނެތިގެން، ގިރިހުސްވަމުންދާ ދުވަހެއް ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް މަޖިލިސް ހުޅުވައި ޖަލްސާތައް ފެށުމަށް ރަނިލް ވަނީ ގޮވާލައްވައިފައެވެ.  

 

ސްރީލަންކާގެ މިއަދުގެހާލަތަށް ބަލައިފިނަމަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިގެން ހުންނެވި މަހިންދަ ރާޖަޕަކްސަ އަށް އަދިވެސް އެއްވެސް ރަސްމީ ހައިޞިއްޔަތެއް ނެތެވެ. ޕާލަމެންޓުގެ ރައީސް މިއަދުވެސް ވިދާޅުވީ ރާޖަޕަކްސައަކީ ބޮޑުވަޒީރު ކަމަށް ޤަބޫލުފުޅު ކުރައްވާނީ މަޖިލީހުގެ މެޖޯރިޓީ އޮތްކަން މަޖލީހުގައި ސާބިތުކޮށް ދެއްވުމުން ކަމަށެވެ.   

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް