އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރާނެ: ފައިޞަލް ނަސީމް

ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރާނެ: ފައިޞަލް ނަސީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

ކޯލިޝަން ސަރުކާރުގެ ސިޔާސަތަކީ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް އަތްފޯރާ ފަދަ ގޮތަކަށް ރައްޔިތުންނަށް ވީހައި ފުޅައު ދާއިރާއެއްގައި ފޯރުކޮށްދިނުން ކަމަށާއި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާނެ ކަމަށް އިންތިޚާބީ ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

 

ޕެރެޑައިޒް އައިލަންޑް ރިޒޯޓުގައި މިއަދު ފެށި "މޯލްޑިވްސް ބްރޭއިން އެންޑް ސްޕައިން ކޮންފަރެންސް 2018" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ   ޞިއްޙީ ދާއިރާއަކީ ވަރަށް ބޮޑަށް، އަދި ވަރަށް ބާރަށް ކުރިއަރުވަން ޖެހޭ ދާއިރާއެއް ކަމަށާއި ދާއިރާ ކުރިއެރުވުމުގައި ފާއިތުވި އަހަރު ތަކުގައި ދިވެހި ޑޮކްޓަރުން ވަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީ އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައި ކަމަށެވެ.

 

ރާއްޖޭގައި އަދި މިވަގުތު ހުންނެވި ހަމަ އެކަނި ނިޔުރޯ ސރޖަން އަކީ  ޑރ. ޢަލީ ނިޔާފް ކަން ފާހަގަކުރައްވައި ފައިޞަލް ވަނީ ޑރ. ޢަލީ ނިޔާފް އަށް ތަޢްރީފް ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. "ދިވެހިންނަށް ތިއަކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!"

 

ފައިޞަލް ނަސީމް ވިދާޅުވީ އެންމެ ނިޔުރޯ ސަރޖަނަކު ހުރުމަކީ ދައްކަން ބޭނުންވާ މީހުންގެ ކިޔޫ ދިގުވާނެ ސަބަބެއް ކަމަށާއި ފޯރުންތެރިން ކިޔޫގައި ނުތިބެ ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދަން މަޖުބޫރުވާ ކަމަށެވެ.

 

  ފައިޞަލް ވިދާޅުވީ ޑޮކްޓަރުންނަކީ އަބަދުވެސް އިތުރު މައުލުމާތާއި ތަމްރީނު ބޭނުންވާ ބައަކަށްވާއިރު ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރުން ރާއްޖެ އައިސް އެމީހުންގެ ތަޖުރިބާގެ މައުލޫމާތު ދިވެހި ޑޮކްޓަރުންނަށް ހިއްޞާ ކުރުމަކީ ދިވެހި ޑކްޓަރުންނަށް ވަރަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

 

ފައިޞަލް ވިދާޅުވީ މިފަދަ ކޮންފަރެންސެއް ރާއްޖޭގައި އިންތިޒާމުކުރުމުން ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން އިސްނަގައިގެން މިފަދަ ކޮންފަރެންސެއް އިންތިޒާމުކުރި ކަމަށްޓަކައި އެ ހޮސްޕިޓަލުގެ ވެރިންނަށާއި ހޮސްޕިޓަލަށް ޝުކުރު އަދާކުރއްވާ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް