އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

7 އުޑުމަތިން ޖިބްރީލްގެފާނު ގެނެސްދެއްވެވި މިބަސްފުޅު ލިބިގަންނަން މަސައްކަތްކޮށްފި މީހާ ވާނީ ރަސޫލް ޞޢވ ގެ އަރިއަހުގައެވެ!

7 އުޑުމަތިން ޖިބްރީލްގެފާނު ގެނެސްދެއްވެވި މިބަސްފުޅު ލިބިގަންނަން މަސައްކަތްކޮށްފި މީހާ ވާނީ ރަސޫލް ޞޢވ ގެ އަރިއަހުގައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ޞަހާބީއަކު ރަސޫލް ﷺ އަށް ދެންނެވިއެވެ. 

"ތިމަންކަލޭގެފާނުގެ ހިތްޕުޅު ރަސޫލް ﷺ ގެ އަރިއަހުގައިވާހިނދު އުފަލުން އުދުހެއެވެ. ގެއަށް ވަޑައިގެން ޢާއިލާ އާއިއެކު ވަގުތު ހޭދަކުރައްވާއިރުވެސް ރަސޫލް ﷺ ގެ މަތިން ހަނދާންވާވަރުން ކެތް ނުކުރެވިގެން އަވަހަށް އަރިއަހަށް މިވަޑައިގަންނަވަނީއެވެ.

ތިމަންކަލޭގެފާނު ރަސޫލް ﷺ ދެކެ މިހައި މިންވަރަށް ލޯބިފުޅުވާއިރުވެސް ސުވަރުގޭގައި ކަލޭގެފާނު ވެވަޑަިގަންނަވާނީ އެންމެ މަތީދަރަޖައިގައެވެ. މިއަޅާވާނީ މާދަށު ދަރަޖައިގައެވެ."  

ޞަހާބީ މަސައްކަތްޕުޅު ކުރެއްވެވީ ސުވަރުގޭގައި ރަސޫލް ﷺ އަރިއަހުގައި ނުވެވިއްޖެނަމަ ލިބިވަޑައިގަންނަވާނެ ހިތާމަފުޅު ބަޔާންކުރެއްވެވުމަށެވެ. ޞަޙާބީގެ ވާހަކަފުޅާއި ގުޅިގެން ރަސޫލް ﷺ އަށް ހުއްޓުމެއް ލިބިވަޑައިގެންނެވިއެވެ. ބަސްފުޅެއް ޙަދީޘްފުޅު ނުކުރައްވަވައި މަޑުކޮށްލެއްވެވިއެވެ. 

އެހިނދު ޖިބްރީލްގެފާނު ވަޑައިގެން ދެންނެވިއެވެ! "ކަލޭގެފާނު ވިދާޅުވާށެވެ! ސުވަރުގޭގައި އެމީހަކު ވާނީ އެމީހަކު އެންމެ ބޮޑަށް ލޯބިވާ މީހަކާއެކުގައެވެ!" 

މިބަސްފުޅުގެ މަތިވެރިކަން ނިކަންދެކިބަލާށެވެ! "ސުވަރުގޭގައި އެމީހަކު ވާނީ އެމީހަކު އެންމެ ބޮޑަށް ލޯބިވާ މީހަކާއެކުގައެވެ!" މިއީ 7 އުޑުމަތިން ޖިބްރީލްގެފާނު ގެނެސް ދެއްވެވި ބަސްފުޅެކެވެ. އެފަދަ މަތިވެރި ބަސްފުޅެއްގެ އަގު ހުންނާނެވަރު ނިކަން ވަޒަންކޮށްލައިބަލާށެވެ! 

މީސްތަކުންނޭވެ! ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ ﷺ އަށް ލޯބިވާށެވެ! ކިޔަމަންތެރިކަން އަދާކުރާށެވެ! މިބަސްފުޅު ލިބިގަންނާށެވެ! އެއިރުން ތިބާ ވެސް ވާނީ ރަސޫލް ﷺ ގެ އަރިއަހުގައި ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް