އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ރިޒްޤް ތަނަވަސްވެ ޢާއިލީ މައްސަލަތައް ޙައްލުކުރެވި އުފާވެރިކަން ލިބެން މަގުފަހިވާ ކަމެއް!

މިއީ ރިޒްޤް ތަނަވަސްވެ ޢާއިލީ މައްސަލަތައް ޙައްލުކުރެވި އުފާވެރިކަން ލިބެން މަގުފަހިވާ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ޢާއިލާއަށް ރިޒްޤް ތަނަވަސްވުމަށް އެދޭނަމަ ނިކަން ދުވާލަކު އެންމެ ފަހަރަކު ނަމަވެސް ޢާއިލާގެ އެންމެން އެކުގައި އެއްމޭޒުކައިރީގައި ތިބެގެން ބިސްމިﷲ ކިޔައިގެން ކާން އާދަކޮށްބަލާށެވެ! ލައްވަވާ ބަރަކާތާއި ރަޙްމަތް ފެނިގެންދާނެއެވެ.

ކެއުމަސްފަހު ﷲ ތަޢާލާއަށް ޙަމްދުކޮށް އެކަމުގެ ނަމޫނާ ދަރިންނަށް ދައްކާށެވެ! އެކަމުގެ ސަބަބުން ދަރިންގެ ކިބައިގައި އެ ރަނގަޅުއާދަ ހަރުލާނެއެވެ. އަދި އެކުދިން ބޮޑެތިވެ ކައިވެނިކޮށް ލިބޭ ދަރިންނަށްވެސް އެ އާދަ ދަސްކޮށްދޭނެއެވެ.

ބިސްމިﷲ ކިޔައި ކާންފަށަނީވެސް އަދި ކައި ނިމުމުން ދެއްވެވި ރިޒްޤަށް ޝުކުރުވެރިވެ ޙަމްދުކުރަނީވެސް ރިޒްޤް ދެއްވަވަނީ ﷲ ތަޢާލާ ކަމުގައިވާތީއެވެ. ރިޒްޤް އިތުރުވުމަށް އެދޭ މީހާއަށް އޮތީ ދއްވެވި ރިޒްޤަށް ޝުކުރުވެރިވުމެވެ.

މިއީ ވަރަށް ގިނަ ޢާއިލާތަކަކުން ފަރުވާކުޑަކޮށްލައި އަޅައިނުލައި ދޫކޮށްލާފައިވާ ކަމެކެވެ. މަސައްކަތް ބުރަކަން ބަހަނާއަކަށް ދައްކާ ކަމެކެވެ. ނަމަވެސް މިއީ ކިތަންމެ މަސައްކަތްބުރަނަމަވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

ދުވާލަކު އެންމެ ފަހަރަކުވެސް ޢާއިލާގެ އެންމެން އެކުގައި އެއް މޭޒުގައި ކާނަމަ އެންމެން ބައްދަލުވާނެއެވެ. ކަންކަމަށް މަޝްވަރާކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. ޚިޔާލުތަފާތުވުންތައް ނައްތާލައި ޢާއިލީ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. މިއީ ތަޖުރިބާއިން ޔަޤީންކުރެވޭ ކަންކަމެވެ!

ވީމާ ރިޒްޤް ތަނަވަސްވުމަށާއި ޢާއިލާގެ ގުޅުން ބަދަހިވުމަށް އެދޭނަމަ މަދުވެގެން ދުވާލަކު އެންމެ ފަހަރަކު ނަމަވެސް އެންމެން އެއް މޭޒުދޮށުގައި ތިބެ ކެއުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް