އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ރަމަޟާން މަހާއެކު 3 އަހަރު ގޮނޑީގައި އިނދެ ނަމާދުކުރި 2 މީހަކަށް ސަޖިދަކޮށްގެން ނަމާދުކުރެވެން ފަށައިފި

ޙަޤީޤީ ޙާދިސާ: ރަމަޟާން މަހާއެކު 3 އަހަރު ގޮނޑީގައި އިނދެ ނަމާދުކުރި 2 މީހަކަށް ސަޖިދަކޮށްގެން ނަމާދުކުރެވެން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

"އަޅުގަނޑަކީ ފާއިތުވި 3 އަހަރު ގޮނޑީގައި އިނދެ ނަމާދުކުރި މީހަކީމެވެ! އެއީ މައިބަދައިގައި މައްސަލައެއް ހުންނާތީ ސަޖިދަ ނުކުރެވޭތީއެވެ. އެކަން އަޅުގަނޑަސްވެފައިވަނީ ވަރަށް ހިތްދަތިކަމަކަށެވެ. 

އެހެންކަމުން ގޮނޑީގައި އިނދެ ނަމާދުކުރާ އެކުވެރިއެއް ގާތު ބުނީމެވެ! "އެކުވެރިޔާއެވެ. އިރާދަކުރެއްވިއްޔާ ރަމަޟާން މަހު މި ގޮނޑި އެއްލައިލާނަމެވެ (ގޮނޑި އާއި ނުލައި ނަމާދުކުރަން ފަށާނަމެވެ."

އޭނާ ބުނީ "ކަލޭވެސް ގޮނޑި ދޫކޮށްލައިފިނަމަ އަހަރެންވެސް ދޫކޮށްލަން މަސައްކަތްކުރާނަމެވެ!" 

ކޮންމެއަކަސް ވަރަށް ބިރުންހުރެ ރަމަމާން މަހުގެ ފުރަތަމަ ނަމާދު، ވަރަށް ބިރުން ތިބެމެ އެރޭގެ މަޣްރިބް ނަމާދު އަހަރެމެން ދެމީހުން ވެސް ކުރީ ގޮނޑިއާއި ނުލައެވެ. މިއަދާއި މިރޭވެސް މިކުރީ ހަމަ ގޮނޑިއާއި ނުލައެވެ!

މައިބަދައިގައި އެހުރި މައްސަލައެއް ހުރިނަމަވެސް ގޮނޑިއާއި ނުލައި ނަމާދުކުރުމުގެ ހިތްވަރު މިހާރު މިވަނީ ލިބިފައެވެ.

މިއީ އެއްވެސް ޙާލެއްގައި އެންމެން ގާތު ގޮނޑިއާއި ނުލައި ނަމާދުކުރަން ބުނުމެއް ނޫނެވެ! އެމީހެއްގެ ޙާލު އެނގޭނީ އެމީހަކަށެވެ! އެންމެންގެ ޙާލަތުވެސް ތަފާތުވާނެއެވެ! މިކުރި ކަމަކީ ލިބުނު ބޮޑު އުފާ މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާކޮށްލުމެވެ!"

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް