އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު
ހިތުގަ އަޅާ ވޭންތައް އެންމެންނާ ހިއްޞާ ނުކުރާށެވެ! ޢަމުދުން ސޯޝަލްމީޑިއާގައި ޢާންމުނުކުރާށެވެ! ހަމްދަރުދީވާނީ މަދުމީހެކެވެ. ހެޔޮދުޢާކުރާކަމަށް ޕޯސްޓްކުރިނަމަވެސް ހެޔޮހިތުން ދުޢާކޮށްދޭނީ މަދު މީހެކެވެ.
މީގެ އިތުރުން ތިބާއަށް ވޭން ލިބޭނަމަ އުފާކުރާނެ މީހުންތަކެއްވެސް ތިބޭނެއެވެ. އެމީހުންކުރާ ދުޢާވެސް ތަފާތުވާނެއެވެ. ވީމާ ހިތުގައި އަޅާވޭންތައް ﷲ ތަޢާލާއަށް އެކަނި ދަންނަވަމުން ގެންދާށެވެ!
ހިތުގައި އަޅާވޭންތައް ނުހިފަހައްޓައި ހާމަކުރަން ބުނެވޭބަހަކީ އެކަންކަން ﷲ ތަޢާލާއަށް ހާމަކުރުން ކަމުގައިދެކޭށެވެ! ހިތްތަކަށް އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާ ހަނދުމަކުރުމުންނެވެ. އެއިީ ވަހީ ބަސްފުޅެވެ. ވީމާ ހިތުގައި އަޅާ ވޭންތައްވެސް ﷲ ތަޢާލާ އާއި ހިއްޞާކުރުމުން ނޫނީ ހިތަށް ޙަޤީޤީ ހަމަޖެހުމެއްވެސް އަދި ޙަޤީޤީ އުފާވެރިކަމެއްވެސް ނުލިބޭނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
3 މެއި 2021