އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަރާވީޙް ނަމާދުގަ ފުރަތަމަ އައްތަޙިއްޔާތާ ފަހު އައްތަޙިއްޔާތުވެސް ކިޔަން ޖެހޭނެތަ؟

ތަރާވީޙް ނަމާދުގަ ފުރަތަމަ އައްތަޙިއްޔާތާ ފަހު އައްތަޙިއްޔާތުވެސް ކިޔަން ޖެހޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ތަރާވީޙް ނަމާދުގައި 8 ރަކްޢަތްކުރާއިރު 4 ފަހަރަށް އައްތަޙިއްޔާތުކިޔައި ސަލާމް ދެއެވެ. އެހެންވެ ތަރާވީޙް ނަމާދުގައި ކިޔާނީ ފަހު އައްތަޙިއްޔާތު އެކަނިތޯ ނުވަތަ ފުރަތަމަ އައްތަޙިއްޔާތާ ފަހު އައްތަޙިއްޔާތުވެސް ކިޔަން ޖެހޭނެތޯ ބައެއް މީހުން ސުވާލުކުރެއެވެ. 

ޖަވާބަކީ ތަރާވީޙް ނަމާދާ އަދި އެހެން ސުންނަތް ނަމާދުތަކުގައިވެސް، ކޮންމެ ދެ ރަކުޢަތެއް ނިންމުމުގައި ފުރަތަމަ އައްތަޙިއްޔާތު ކިޔާފައި ފަހު އައްތަޙިއްޔާތުވެސް އެއްކޮށް ކިޔަންވާނެއެވެ.

ނަމާދުކުރާމީހާ (އައްތަޙިއްޔާތުގައި) التشهد ކިޔުމަށްފަހު ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. އެއަށްފަހު ހަތަރު ކަމަކުން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދޭނީއެވެ. އެ ހަތަރު ކަމަކީ ނަރަކައިގެ ޢަޛާބާއި، ކައްވަޅުގެ ޢަޛާބާއި، ދިރިއުޅުމާއި މަރުވުމުގެ ފިތުނައާއި، އަލްމަސީޙުއް ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށެވެ.

އަދި އެއަށްފަހު (ނަމާދުގައި) ފުރުސަތު ލިބުނު މިންވަރަކަށް އޭނާގެ ރައްބުގެ ޙަޟްރަތަށް އެކި ކަންކަމަށް އެދި ހެޔޮ ދުޢާކޮށް، ނުބައިކަންކަމުން ރައްކާތެރިކަމަށް އެދިދަންނަވައި އަދި ހެޔޮކަންކަމަށްވެސް އެދޭނީއެވެ. އައްތަޙިއްޔާތަކީ ދުޢާކުރާ ވަގުތެކެވެ. އައްތަޙިއްޔާތު ކިޔުމުގައި، التشهد އާއި ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވާ ނިމުމުން ފަރުޟުނަމާދުތަކާއި ސުންނަތް ނަމާދުތަކުގައިވެސް ދުޢާކުރެވޭނެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((ثُمَّ لْيَتَخَيَّرْ بَعْدُ مِنَ الْمَسْأَلَةِ مَا شَاءَ)) [رواه مسلم]

މާނައީ: "ދެން އެއަށްފަހުގައި، އޭނާ އެދޭކަމެއް ޚިޔާރުކޮށް ދުޢާކުރާ ހުށިކަމެވެ"

މިއީ ފަރުޟު ނަމާދުތަކުގައިވެސް އަދި ސުންނަތްނަމާދުތަކުގައިވެސް އަދާކުރުމަށް ޝަރުޢުކުރައްވާފައިވާ ސުންނަތެކެވެ.

- މަސްދަރު: ދިސަލަފިއްޔާ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް