އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަމާކުރަން ހިތަށް އެރުވުމުން ބޭންކުން ޖަމާކޮށްދޭ ބޭންކެއް އެބަހުރިކަން އެނގޭތަ؟ އެބޭންކު ނޫން ބޭންކަކާ އެއްވެސް މުޢާމަލާތެއް ކުރާނަންތަ؟

ޖަމާކުރަން ހިތަށް އެރުވުމުން ބޭންކުން ޖަމާކޮށްދޭ ބޭންކެއް އެބަހުރިކަން އެނގޭތަ؟ އެބޭންކު ނޫން ބޭންކަކާ އެއްވެސް މުޢާމަލާތެއް ކުރާނަންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް ވިޔަފާރިއެކެވެ. އެގޮތުން ކުރާ އަޅުކަމަކީވެސް ވިޔަފާރިއެކެވެ. އެވިޔަފާރީގައި މިވާގޮތަކީ އަހަރެމެންނަށް އޮތީ ޖަމާކުރުމެވެ. ޖަމާކުރީމާ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މިންވަރަކަށް މިދުނިޔޭގައިވެސް އަދި އެދުނިޔޭގައިވެސް ދެއްވަވަނީއެވެ. 

މި ޙަދީޘްފުޅުން ޔަޤީންވެގެންދަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަމެވެ. އެހެނީ ދުނިޔޭގެ ކޮންމެ ބޭންކަކުންވެސް ފެސިލިޓީތައް ލިބެނީ ޖަމާކުރުމުންނެވެ. ޖަމާކުރަން ޤަޞްދުކުރިނަމަވެސް އެކަން ނުކުރާނަމަ ލިބޭ އެއްވެސް ފައިދާއެއް ނެތެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި މިކަންވެސް ތަފާތެވެ. ޖަމާކުރަން ހިތުގައިލި ނަމަވެސް، ނުވަތަ ހިތަށް އަރުވައިލިނަމަވެސް އެމީހަކަށްޓަކައި ބައެއް އެބަ ޖަމާކުރައްވަވައި ދެއްވަވައެވެ. 

ފަށަމުންވެސް ޖަމާކުރަން ހިތަށް އެރުވުމުން ބޭންކުން ޖަމާކޮށްދޭ ބޭންކެއް އެބަހުރިކަން އެނގޭތޯ ސުވާލުކުރީމެވެ! މިހާރު ތިވަނީ އެބޭންކް ފެނިފައެވެ! އެބޭންކު ނޫން ބޭންކަކާ އެއްވެސް މުޢާމަލާތެއް ކުރާނަން ހެއްޔެވެ؟ އަމިއްލައަށް ގޮތް ނިންމާށެވެ! 

ޙަދީޘްފުޅު މިއޮތީއެވެ!

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ ﷺ فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعالَى، قَالَ: ((إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ؛ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا، كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً.

وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ.

وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً. وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً((

[رواه البخاري ومسلم في صحيحيهما بهذه الحروف]

މާނައީ: ޢަބްދު ﷲ ބުން ޢައްބާސް رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ، ﷲ تبارك وتعالىގެ ޙަޟްރަތުން ރިވާކުރައްވާފައިވާ (ޤުދުސިއްޔަ) ޙަދީޘެއްގައިވެއެވެ.

"ހަމަކަށަވަރުން އިންސާނާ ކުރާ ހެޔޮ ކަންތައްތަކާއި ނުބައި ކަންތައްތައް، ﷲ ލިޔުއްވައެވެ. ދެން އެއަށްފަހު އެކަން ބަޔާން ކުރެއްވިއެވެ؛ ހެޔޮކަމެއް ކުރަން ޤަޞްދުކޮށް، ދެން އެކަން ނުކުރިމީހާ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި މީހަކު ހެޔޮކަމެއް ކުރުމަށް ޤަޞްދުކޮށް، ދެން އެކަންކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ދިހަހެޔޮކަމުން ފެށިގެން ހަތްސަތޭކަ ގުނައަށާއި އެއަށްވުރެ އެތައް ގުނައެއް އިތުރަށްވެސް ލިޔުއްވައެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަން ނުކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަންކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ނުބައިކަމެއްގެ ގޮތުގައި އެކަން ލިޔުއްވައެވެ."

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް