އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އޮތް ތިން ލޯންޗެއްގައި ރޯވި އަލިފާން ނިއްވާލައިފި

މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އޮތް ތިން ލޯންޗެއްގައި ރޯވި އަލިފާން ނިއްވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

މާލެ ސިޓީ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ތިން ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، ރޯވި އަލިފާން ނިއްވާލައިފިއެވެ.

 

މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 06:13 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު މާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު މައިތިރި ކުރެވުނީ 06:16 ހާއިރުއެވެ. އަދި ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 06:45 ހާއިރުއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފަޅުގައި އޮތް ފަސް ލޯންޗަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެއެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު