އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭރު ޓީޗަރުންނަށް ދޭ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ވެސް ލިބޭނެ: އަލީ ޙުސައިން

ބޭރު ޓީޗަރުންނަށް ދޭ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ވެސް ލިބޭނެ: އަލީ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ބޭރު ޓީޗަރުންނަށް ދޭ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ވެސް ލިބޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އަލީ ޙުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރު ޓީޗަރުންނަށް ދޭގޮތައް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށާއި ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް ތިޔަމައްސަލަ ދުވަހަކުވެސް ޙައްލެއް ނުވާނެ ކަމަށެވެ.

އަލީ ޙުސައިން މިހެން ވިދާޅުވީ ރާއްޖޭގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއްޔެ ނެރުއްވި ބަޔާނުގައި އިންޑިއާއިން އަރަބި އަދި ޤުރުއާން ޓީޗަރުން ގެނައީ މި މާއްދާތައް ޓީޗަރުން ލިބިފައި ނުވާތީކަމަށް ބަޔާންކޮށް ނެރު ބަޔާނާއި ގުޅިގެންނެވެ.

ދިވެހި ޓީޗަރުން ނުލިބިގެން، މަޤާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުން އިންޑިޔާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީ އެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ކެރެލާ ސްޓޭޓް އިން ގެނެވުނު 5 ޢަރަބި ޓީޗަރުންނާއި 5 ޤުރްއާން ޓީޗަރުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެއްވަމުން ގެންދާކަމަށް އެޑިޔުކޭޝަނުން އިއްޔެ އާންމުކުރި ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު