އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލް ޞ.ޢ.ވ, ސުވަރުގެ ވަޑައިގެންނެވިއިރު މީސްތަކުންނަށް ބަހަން ދޫކުރައްވާފައިވާ ތަކެތި ބަލާ މިސްކިތަށް ދިއަ މީހުންގެ ވާހަކަ-

ރަސޫލް ޞ.ޢ.ވ, ސުވަރުގެ ވަޑައިގެންނެވިއިރު މީސްތަކުންނަށް ބަހަން ދޫކުރައްވާފައިވާ ތަކެތި ބަލާ މިސްކިތަށް ދިއަ މީހުންގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

މިލިޔުމުގައި މިވަނީ މީސްތަކުން މިސްކިތްތަކަށް ގޮސް ހެޔޮކަން ކުރަން ހޭލުންތެރި ކުރައްވަން އަބޫހުރައިރަތުގެފާނު ކުރެއްވެވި ކަމެއްގެ ވާހަކައެވެ. މި ބަސްފުޅުތައް ގެނެސްދިނުމުގެ ކުރިން ދީނީ ޢިލްމުގެތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޢަބްދުﷲ ޝިހާމް ދަރުސްތަކުގައި ވިދާޅުވާ ބަސްފުޅެއްގެ ހަނދާން އައުކޮށްލާނަމެވެ. 

ކޮންމެ ދުވަހަކު 5 އިރު ގޮވާ ބަންގީގައި "ކާމިޔާބާއި ނަބީބް ލިބިގަންނަން އަންނާށެވެ! ގޮވާ އަޑު އިވެނީ ވަރަށް މަދު މީހަކަށެވެ. ނަމަވެސް ޑޮލަރު ނުވަތަ ފައިސާ ބަލައި އަންނާށޭ ގޮވާލެވިއްޖެނަމަ ގޮވައި ނިމޭއިރު މިސްކިތްތަކާއި މަގުތައް އޮންނާނީ ފުރިބާރުވެފައެވެ. ބަހަނީ މިސްކިތުގައިކަމަށްވާނަމަ އެކަކަސްވުރެ އަވަހަށް އަނެކަކު ވަންނަންވެގެން ތަޅައިފޮޅާނެއެވެ." 

ރަސޫލް (ﷺ) ސުވަރުގެ ވަޑައިގެންނެވިއިރު މީސްތަކުންނަށް ބަހަން ދޫކުރައްވާފައިވާ ތަކެތި ބަލާ މިސްކިތަށް ދިއަ މީހުންގެ ވާހަކަ-:

މީސްތަކުން ބާޒާރުމަތީގައި އެންމެ ގިނަވީ ވަގުތަކު އެއް ދުވަހު އަބޫ ހުރައިރަތުގެފާނު ބާޒާރަށް ވަޑައިގެން ވިދާޅުވިއެވެ. "މީސްތަކުންނޭވެ! މިސްކިތުގައި ވަރަށް ބައިވަރުތަކެތި އެބަ ބަހައެވެ. ރަސޫލް (ﷺ) ސުވަރުގެ ވަޑައިގެންނެވި އިރު މީސްތަކުންނަށް ބަހަން ދޫކުރައްވާފައިވާ ތަކެއްޗެވެ.  

އެހިސާބުން އެންމެން ދުއްވައިގަތީ މިސްކިތަށެވެ. ފިހާރަތައް ބަންދުކޮށްފައި ވިޔަފާރިވެރިން ވެސް ދުވީ މިސްކިތަށެވެ. ގޮސް ބެލިއިރު މިސްކިތަކު އެފަދަ އެއްވެސް ކަމެއް ނުހިނގައެވެ. އެއްވެސް އެއްޗެއް ބަހާ މީހަކު ނުއުޅެއެވެ.  

އައިރުޅީގައި އެންމެން އެކުގައި ގޮސް އަބޫ ހުރައިރަތުގެފާނާއި ބައްދަލުކުރުމުން ވިދާޅުވީ ކުރު ޚުޠުބާއެއް ފަދަ ބަސްކޮޅެކެވެ.  

ފުރަތަމަ ސުވާލު ކުރެއްވީ މިސްކިތުން ފެނުނީ ކޮން ތަކެއްޗެއް ކަމާއިމެދުގައެވެ.  

ޖަވާބުގައި މިސްކިތުން އެމީހުންނަށް ފެނުނީ "މުޞްޙަފާއި އިސްލާމް ދީނުގެ ކަންކަން" ކަމަށް ދެންނެވުމުން ވިދާޅުވިއެވެ. "މީސްތަކުންނޭވެ. އެއްވެސް ރަސޫލް ބޭކަލަކު ދުނިޔެ ދޫކުރައްވާއިރު ތިއަބައިމީހުން މިސްކިތުން ހޯދަން މިއަދު ތިއަ ދިއަ ފަދަ އެއްވެސް އެއްޗެއް ނުފެންނާނެއެވެ. ދޫކުރައްވަވާފައި ވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރަންވީ ކަންކަމެވެ. އެކަންކަމުގައި ސާބިތުވެއްޖެ ނަމަ ސުވަރުގެ ލިބޭނެ ކަންކަމެވެ. އެކަން ކުރާނެ ގޮތުގެ އިރުޝާދެވެ.  

ވީމާ ތިއަބައިމީހުންނަށް މިސްކިތުން މިއަދު ތިއަ ފެނުނީ ތިއަބައިމީހުންނަށް ބަހަން ރަސޫލް (ﷺ) ދޫކުރެއްވެވި ތަކެއްޗެވެ. ދެދުނިޔޭގެ ސަލާމަތްކަން ލިބިގަތުމަށްޓަކައި ތިއަބައިމީހުން ލިބިގަންނަންވީ ތަކެއްޗެވެ. 

މިހައި އަވަހަށް ތިއަބައިމީހުން އެކަންކަން ހަނދާން ނެތެމުން ދާތީ އަހަރެން މިކުރި ކަމަކީ ތިއަބައިމީހުންނަށް އެކަން ހަނދާންކޮށްދިނުމެވެ. ގިނަގިނައިން މިސްކިތަށް ގޮސް ރަސޫލް (ﷺ) ދޫކުރެއްވެވި ތަކެތި ލިބިގަނެ އެކަމުން ފައިދާ ލިބިގަންނަ ބައަކަށްވާށެވެ! ސުވަރުގެ ލިބުން އޮތީ އެތަކެތި ލިބިގަތްވަރަކުންނެވެ."  

- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް