އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވައި ރައްޔިތުން ހެއްވާލިތާ 3 އަހަރު ފުރިއްޖެ!

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވައި ރައްޔިތުން ހެއްވާލިތާ 3 އަހަރު ފުރިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

30 އޮގަސްޓް 2018 ވަނަ ދުވަހަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވިތާ 3 އަހަރު ފުރުނު ދުވަހެވެ. ބްރިޖް ޗައިނާ ސަރުކާރުން ދިވެހިރައްޔިތުންނަށް އަޅައިދިނީ އެކަމަށް ކުރަންޖެހުނު ޚަރަދުގެ ބޮޑުބައެއް ހިލޭ އެހީގެ ގޮތުގައި ދީގެންނެވެ. އެހެންކަމުން އެބްރިޖްގެ ނަން އެއީ ހަމަ އެންމެ އެކަށީގެންވާ ނަންކަމަށްވަނީ ވެފައެވެ. 

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދިން އެ ބްރިޖްވެގެން ދިއައީ ފުރަމާލޭގެ ބިމަށް އެތައް ގުނައެއް އިތުރުވެގެންދިއަ ބްރިޖަކަށެވެ. ނަތީޖާއަކަށްވެގެންދިއައީ 3 ރަށް އެއްފަސްގަނޑެއްގެ ގޮތުގައި ބޭނުންކުރަންފެށި އިޤްޠިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތައް ލިބުމެވެ. ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް އާމްދަނީ އިތުރުކުރަން ފުރުޞަތު ފަހިވެގެންދިއުމެވެ. އަދި މާލޭގެ ކަރަންޓަށްވެސް ހެޔޮ ބަދަލުތަކެއް ގެނެވި އެކަމުގެ ފައިދާވެސް ރައްޔިތުންނަށް ކުރަން ފެށުމެވެ. 

އެބްރިޖުގެ ސަބަބުން މިހާރުމިވަނީ ފަރުކޮޅުފުށިވެސް ގުޅައިލެވިފައެވެ. ހިނގާފައިދާން ބޭނުންވިނަމަވެސް އަދި ވެހިކަލެއްގައިދާންބޭނުންވިނަމަވެސް މިއަދު މާލެއިން ފަރުކޮޅުފުށްޓަށް ދިއުމުގެ ފުރުޞަތު އެބައޮތެވެ. އެކަމުގެ ފައިދާ ދަނީ ރައްޔިތުންނަށް ކުރަމުންނެވެ. 

ކުރިން ލަފާކުރިވަރަށްވުރެ ފުނުގައި ތަނބުތައް ޖަހަންޖެހުމުން އިތުރު އެތައް މަސައްކަތްތަކެއް ކުރަންޖެހުނު ނަމަވެސް ކުރުމުއްދަތެއްގައި މަސައްކަތް ނިންމާލައިދިން ޗައިނާގެ ޤާބިލް ކުންފުނިތަކަށް ޙައްޤު ޝުކުރު ދިވެހިން އަބަދުވެސް އަދާކުރާނެއެވެ. އެ އަގުބޮޑު ހަދިޔާއަށްޓަކައި ޗައިނާ ސަރުކާރަށް ޙައްޤު ޝުކުރު އަދާކުރާނެއެވެ.  

ޗައިނާގެ ރައީސް ޒީ ޖިންޕިން ދިވެހިރައްޔިތުންގެ ކުރިމަތީގައި ވެވަޑައިގެންނެވި ވަޢުދު އެމަނިކުފާނުވަނީ ވަރަށް ފުރިހަމައަށް އަދާކުރައްވައިފައެވެ. އެކަމަށްޓަކައި އެމަނިކުފާނަށް ޙައްޤު ތަޢްރީފާއި ޝުކުރުވެސްމެއެވެ. 

https://twitter.com/China_Amb_Mdv/status/1432230802251829250

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް