އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތް އިތުރު 3 އަހަރަށް ޗައިނާ ސަރުކާރުން ހިލޭ ކޮށްދިނުމަށް ނިންމާފައިފި

ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތް އިތުރު 3 އަހަރަށް ޗައިނާ ސަރުކާރުން ހިލޭ ކޮށްދިނުމަށް ނިންމާފައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިފް ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތް އިތުރު 3 އަހަރަށް ޗައިނާ ސަރުކާރުން ހިލޭ ކޮށްދިނުމަށް ނިންމާފައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތް އިތުރު 3 އަހަރަށް ޗައިނާ ސަރުކާރުން ހިލޭ ކޮށްދިނުމަށް ނިންމާފައިވާކަމަށާއި މިކަމާއި ގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެކަމަށެވެ.

ބްރިޖްގެ މެއިންޓަނަންސްއަކީ ހަޤީގަތުގައި ވަރަށް ބޮޑަށް ކުރަންޖެހޭ ކަމެއްކަމަށާއި ބްރިޖަށް އަރައިގެން ދާއިރު ހަދާފައި ހުރި ގިޑިގޭގައި ވަރަށް ބޮޑަށް ދަބަރު ޖަހައި ބައެއް އަކުރުތައް ވެއްޓުންފަދަ ކަންކަންވެސް ހިނގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތް ކޮށްދިނުމަށް މިދިއަ ސަރުކާރުގެ ދުވަސްވަރު ޗައިނާ ހުށައެޅި ނަމަވެސް އެއިރުގެ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" މަޝްރޫޢުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު