އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ހަދަން އެއްބަހެއް ނުވާނަން!: ޤާސިމް އިބްރާހީމް

ރާއްޖޭގަ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ހަދަން އެއްބަހެއް ނުވާނަން!: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ރާއްޖޭގަ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ހަދަން އެއްބަހެއް ނުވާނެކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގަ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ހަދަން އުޅޭކަމުގެ މައުލޫމާތު އަދި ލިބިވަޑައިގެންފައި ނުވާކަމަށާއި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއަކަށް ހުންނެވި ނަމަވެސް ބޭރު ޤައުމެއްގެ އަސްކަރިއްޔާއިން ރާއްޖޭގައި ބޭސް އެއް ހަދަން ތާއީދު ނުކުރައްވާނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ބޭރު ޤައުމުތަކުގެ އަސްކަރިއްޔާތަކާއި ދިވެހި ސިފައިން ތަމްރީނުކުރުން ނޫން ކަމެއްގައި އެއްވެސް އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން ތާއީދުނުކުރައްވާނެ ކަމަށެވެ.  

މީގެ އިތުރުން ޤާސިމް އިބްރާހީމް މިއަދުވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރައްވަވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް