އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ކިތަންމެ ގިނައިން އަޅުކަންކުރި ނަމަވެސް މައިންބަފައިންނަށް ހެޔޮކޮށް ނުހިތައި ސުވަރުގެ ވަނުން ފަސޭހައެއް ނުވާނެ!: ޢުމަރު ސުލޭމާން

ތިބާ ކިތަންމެ ގިނައިން އަޅުކަންކުރި ނަމަވެސް މައިންބަފައިންނަށް ހެޔޮކޮށް ނުހިތައި ސުވަރުގެ ވަނުން ފަސޭހައެއް ނުވާނެ!: ޢުމަރު ސުލޭމާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އެމީހާއަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކޮށްދެއްވަވާ ކަމެކެވެ. ރަޙިމުގެ ގުޅުން ބަދަހިކުރާ ވަރަކަށް އެމީހާއި ﷲ ތަޢާލާ ގުޅުއްވުން ބަދަހިކުރައްވަވާނެތެވެ. ރަޙިމުގެ ގުޅުމުގެ ތެރެއިންވެސް އެންމެ މުހިންމީ މައިންބަފައިންނާއި ބާއްވާ ގުޅުމެވެ.

މިވާހަކަ މިބުނަނީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ސުވަރުގެ ވައްދަވާނެ މީހުން ބުނަން އެނގޭކަމަށް ބުނާކަށް ނޫނެވެ. ނަމަވެސް އަހަރެންނަށް އެނގިފައި ހުރި ކަންކަމަށް ބަލައި ބުނަމެވެ. ކިތަންމެ ގިނައިން އަޅުކަން ކުރި ނަމަވެސް މައިންބަފައިންނަށް އިހާނެތިކޮށް ހިތައިފި މީހަކަށް ސުވަރުގެ ވަނުމަކީ ޙާޞިލުކުރަން ފަސޭހަވާނެ ކަމެއް ނޫނެވެ. އެހެނީ ﷲ ތައާލާގެ މަގުގައި ޖިހާދުކުރަން ދާން އުޅުނު ޒުވާނަކު ހުއްޓުވައި "ތިބާގެ އުމުރުން ދުވަސްވީ މަންމައަށް ޚިދުމަތް ކުރަން" ޙަދީޘްފުޅު ކުރެއްވެވިއެވެ. އަދި ޖިހާދުކުރުމުން ސުވަރުގެ ލިބޭފަދައިން މައިމީހާގެ ފައިތިލަދަށުން ސުވަރުގެ ޙާޞިލުކުރުމަށް ވެސް ޙަދީޘްފުޅު ކުރެއްވެވިއެވެ.

އެޒުވާނާއަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާ ދާން އުޅުނީ މަޖުބޫރު ޖިހާދަކަށް ނޫނެވެ. މަޖުބޫރު ޖިހާދުގެ ޙާލަތު ތަފާތުވާނެއެވެ.

މިކަމުން އެނގިގެންދަނީ މައިމީހާއަށް ޚިދުމަތްކުރުމަކީ ޖިހާދުކުރުމަށްވުރެވެސް މުހިންމު ކަމެއް ކަމެވެ. އަހަރެމެން ބަލަންވީ މަންމަގެ ކިތައް ދަރިން ތިބިތޯއެއް ނޫނެވެ. އެންމެ ތަނަވަސްކަމުގައި އުޅެނީ ކޮންދަރިއެއްތޯއެއް ނޫނެވެ! އަދި މަންމަ އެންމެ ބޮޑަށް ހެޔޮކޮށް ހިތީ ކޮންދަރިއަކަށްތޯ އެއްވެސް ނޫނެވެ. ބަލަންވީ މައިމިހާއަށް ވީހައި ގިނަ ޚިދުމަތެއް ކޮށްދެވޭތޯ އެވެ. އެކަމުން ލިބެން އޮތް މަތިވެރި ސަވާބާއި ދަރުމަ ލިބިގަތުމަށެވެ.

--އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް