އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު
"ސެޕްޓެމްބަރު 11 ގެ ޙާދިޘާއާ މުސްލިމުންނާއި އިސްލާމީ ޤައުމުތަކާއި ވަކިން ޚާއްޞަކޮށް ސަޢުދީ ޢަރަބިއްޔާގެ އަތެއްވާކަމަށް ތުހުމަތު ކުރަނީ ސަޢުދީއާއި އިސްލާމީ އުއްމަތުގެ ޢަދާވާތްތެރިންނެވެ.
މިފަހަކަށް އައިސް ސަޢުދީ ޢަރަބިއްޔާއާއި ދެކޮޅަށް ވަރަށް ނުރައްކާތެރި ރޭވުންތައް ރާވައި އަނިޔާވެރި ކެމްޕެއިންތައް ކުރެއެވެ. ބޭނުމަކީ ދެ ޙަރަމްފުޅުގެ ރަށްތަކުގެ ރީތި ނަން ކިލަނބުކޮށް އިސްލާމް ދީނާއި މުސްލިމުންނަށް ހުތުރުއެރުވުމެވެ. ސަޢުދީ ގެ ރީތި އަލިގަދަ ޞޫރަ ފަނޑު ކޮށްލުމެވެ. ނަމަވެސް އެކަމެއް ނުވާނެ އެވެ!
ދެ ޙަރަމްފުޅަށް ލޯބިކުރާ މުސްލިމުންގެ މައްޗަށް އެ ދެ ޙަރަމްފުޅާއި އެ ދެ ޙަރަމްފުޅުގެ ރަށްތައް ދިފާޢުގައި ކުރެވުނު މަސައްކަތެއް ކުރަންޖެހެއެވެ.
މުސްލިމުންގެ މުޤައްދަސް ތަންތަނާއި، ވަކިން ޚާއްޞަކޮށް ދެ ޙަރަމްފުޅުގެ ރަށްތަކާއި، ޢާއްމު ގޮތެއްގައި އިސްލާމީ ޤައުމުތައް ދިފާޢުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ﷲ އަށް ވެވޭ ކުއްތަންވުމެކެވެ.
ސެޕްޓެމްބަރު 11 ގެ ޙާދިޘާއާ އިސްލާމް ދީނާއި، ސަޢުދީއާއި، ގަލްފުގެ ޤައުމުތަކާ އެއްވެސް ގުޅުމެއް ނެތް. އިސްލާމް ދީނަކީ ސިލްމާއި ސަލާމްގެ ދީން.@matrekaldosari @KSAembassyMV @KSAMOFA https://t.co/BJF2k7zAsg
— إلياس جمال الوادوي (@IVaadhuvee) September 14, 2021
Advertisement
15 ސެޕްޓެމްބަރ 2021