އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިމީހާއަށް ބޭވަފާތެރިވެފަ ދޮގުހުވައެއް ކުރަން އުޅެވުމުން ހީވީ މެދުއިނގިލި އަޅުގަނޑު ދޫކޮށްލާފައި ދިއަހެން-

ޙަޤީޤީ ޙާދިސާ: ފިރިމީހާއަށް ބޭވަފާތެރިވެފަ ދޮގުހުވައެއް ކުރަން އުޅެވުމުން ހީވީ މެދުއިނގިލި އަޅުގަނޑު ދޫކޮށްލާފައި ދިއަހެން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 29 ސިކުންތު

އަޅުގަނޑަކީވެސް އަދި ފިރިމީހާއަކީވެސް ވަޒީފާ އަދާކުރާ ދެމީހުންނެވެ. ޢާންމުކޮށް ގިނަ ބއަކަށް ދިމާވާ ފަދައިން އަޅުގގަނޑުމެން ދެމަފިރިންގެ މެދުގައިވެސް ބޮޑެތި ޝައްކުތަކެއް އުފެދުނެވެ. ފިރިމީހާ އަޅުގަނޑުގެ މައްޗަށް ޝައްކުކުރަން ފެށިއެވެ. އަޅުގަނޑުވެސް ދިއައީ ފިރިމީހާގެ މައްޗަށް ޝައްކުކުރަމުންނެވެ. 

އެއްރޭ ނިދަން އުޅެމުން ފިރިމީހާ ބޭނުންވީ ދެމީހުން އެކުގައި ވުޟޫކުރާށެވެ. އަޅުގަނޑު ހީކުރީ ދެމީހުން އެކުގައި ސުންނަތް ނަމާދެއްކޮށް ދުޢާކުރަން އުޅެނީކަމަށެވެ. ނަމަވެސް ވުޟޫކުރުމަށްފަހު ފިރިމީހާ ބޭނުންވީ ދެމީހުން އެކަކު އަނެކަކަށް ޚިޔާނާތްތެރިނުވާކަމަށާއި ވަފާތެރިކަމަށް ހުވާކުރާށެވެ! 

ފިރިމީހާ ޚަތިމް ނަގައިގެން އައިސް ކޮޓަރީގައި ހުރި ސޯފާ ގޮނޑިއެއްގައި އިށީނދެފައި އަޅުގަނޑަށް އިޚްލާޞްތެރިކަމަށާއި ދުވަހަކުވެސް ބޭވަފާތެރިނުވާކަމަށާއި ހިލޭ އެއްވެސް އަނހެނަކާއި އެއްވެސް ގުޅުމެއް ނުބާއްވާކަމަށް ހުވާކުރިއެވެ. އަދި އަޅުގަނޑު ގާތުވެސް އޭނާކުރިފަދައިން ހުވާކުރަން ބުންޏެވެ. 

އެވަގުތު އަޅުގަނޑަށް ހަމަ ގޮތް ހުސްވިއެވެ. އަޅުގަނޑާއި ސެކްޝަން ބޮސް އާއި ދެމެދުގައި ގުޅުމެއް އޮވެއެވެ. ހަމައެކަނި ލޯބީގެ ގުޅުމެކެވެ. އެކަކު އަނެކަކު ދެކެ ލޯބިވާކަމެވެ. ޢަމަލީ ގޮތުން އެއްވެސް ގުޅުމެއް ނޯވެއެވެ. ނަމަވެސް އަޅުގަނޑަކީ އިޚްލާޞްތެރިއަކަށް ނުވާނެތީއެވެ. އަދި ހިލޭ ފިރިހެނަކާއި ގުޅުމެއް ނެތް މީހަކަށްވެސް ނުވާނެތީއެވެ. 

ވަރަށް ބޮޑަށް ވިސްނުމަށްފަހު ވެސް އުޅެވުނީ ހުވާކުރެވޭށެވެ! އެއީ ކައިވެނި ރޫޅެން ބޭނުން ނުވާތީއެވެ. ބޮސްއަކީ މީހެއްގެ ފިރިއަކަށްވުމުން އޭނާ އާއި ކައިވެނިވެސް ނުކުރެވޭނެތީއެވެ. އެހެންވެ އަޅުގަނޑު ޤަޞްދުކުރީ ކައިވެނި ރޫޅުނަ ނުދިނުމަށްޓަކައި ބޭރުފުށުން ހުވާކޮށްފައި ތައުބާވާށެވެ! އަދި އެ ހިސާބުން ބޮސް އާއި އޮންނަ ގުޅުން ކަނޑާލުމަށެވެ. އެއީ ހަމައެކަނި ބުނެވޭ ބަސްތަކަކުން އޮތް ގުޅުމަކަށްވުމުން އޭނާ އާއި ދުރުވުމަކީ އުދަގޫކަމަކަށްވެސް ނުވާނެތީއެވެ. ފިރިމީހާއަށް އިޚްލާޞްތެރި، ވަފާތެރިއެއްގެ ގޮތުގައި އުޅޭށެވެ. 

ދެން މިކިޔައިދެނީ ކަންތައްވީ ގޮތެވެ. ޚަޠިމުގައި އަތްލަން އަތްތިލަ ޖައްސައިލިތަނާ މެދު އިނގިލި އައްސިވެއްޖެއެވެ. އަޅުގަނޑަށް ކުއްލިއަކަށް އަތްދަމައިގަނެވިއްޖެއެވެ. ހީވީ އިނގިލި އަޅުގަނޑު ދޫކޮށްލާފައި އަތްތިލައިން ވަކިވެގެން ދިއައީހެންނެވެ. ރޯން ފެށިއްޖެއެވެ. އެހިސާބުން ޙަޤީޤަތް ފރިމީހާއަށް ކިޔައިދީ މާފަށް އެދުނީމެވެ. އަދި ބުނީމެވެ. ބޭނުންނަމަ އަހަރެންގެ ގައިގާ އޭނާ ނުބީހޭކަމަށާއި އަހަރެން އެފަދަ ނިޔަތެއްގައި އޭނާގެ ގައިގާ ނުބީހޭކަމަށް ހުވާކުރަން މިހާރުވެސް މިހުރީ ތައްޔާރަށެވެ. 

ނަމަވެސް ފިރިމީހާ ބުނީ އެއްވެސް ކަމަކަށް ހުވާކުރުވަން ބޭނުން ނޫން ކަމަށެވެ. ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކުރީކަމަށެވެ. ނަމަވެސް ދެން ވަޒީފާއަށް ނުދެވޭނެކަމަށެވެ. ގޭގައި އިންނަން ބޭނުން ނޫންނަމަ ވަރިވުމަށެވެ. 

އަޅުގަނޑުގެ ކުށް އަޅުގަނޑު ޤަބޫލުކުރީމެވެ. ގޭގައި އިންނަން ނިންމައި ވަޒީފާ ދޫކޮށްލީއެވެ. އަޅުގަނޑު ދަސްކޮށްގެން ހުރި މަސައްކަތަކީ މާކެޓިންގ ކަމަށްވުމުން ގޭގައި ހުރެ އޮންލައިންކޮށް މަސައްކަތްފެށީމެވެ. ދުވަސްކޮޅެއް ފަހުން ދެމަފިރިންގެ ނަމުގައި ކުންފުންޏެއް ރަޖިސްތްރީކޮށްގެން މިހާރު ފިރިމީހާ ވެސް ވަޒީފާ ދޫކޮށްލާފައި ދެމަފިރިން އެކުގައި މަސައްކަތްކުރަނީއެވެ. ދެމަފިރިން ވަޒީފާއަދާކުރިއިރު ލިބުނު މުސާރައިގެ 4 ގުނަވަރު ލިބެއެވެ. އިރާދަކުރެއްވިއްޔާ އަދިވެސް އިތުރުވާނެއެވެ. އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ކިތަންމެ ނިކަމެތި ޙާލެއް ޖެހިދާނެކަމަށް ޤަބޫލުކުރެވުނު ނަމަވެސް މާތް ﷲ އަށް ތެދުވެރިވާށެވެ. ނަމަނަމަ ދޮގުހުވާ ނުކުރާށެވެ! އިންސާނުން ކަމަށްވުމުން ކުށެއް ކުރެވިދާނެއެވެ. އޮތީ ތައުބާވުމެވެ. އަޅުގަނޑަށް ކުރެވުނު ކުށް ޤަބޫލުކޮށް ތައުބާވުމުން ލިބުނު ކުރިއެރުމަށް ވިސްނާށެވެ! 

އަޅުގަނޑު އެންމެ ބޮޑަށް އުފާކުރަނީ ޙަރާމް ކުރައވަވާފައިވާ ފާފައަކަށް އަރައިނުގަނެވެނީސް އެޙާލަތުން ސަލާމަތްވުމުންނެވެ. އެގުޅުން ދެމި އޮތްނަމަ ބޮޑު ފާފައެއް ކުރެވުންވެސް އޮތީހީ ދާދިގާތުގައިކަމަށްވުމުންނެވެ. 

- އިރާޝާ މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް