އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަކަށް ބޭނުންވުމުން ރޭޢަޅުކަންކުރުމުގެ ބަދަލުގަ ރޭއަޅުކަންކުރަމުން ކުރާ ދުޢާ ޢިޖާބަކުރައްވަވާނެކަން ތަޖުރިބާކުރެވި ތަނަވަސް، އުފާވެރި ދިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

ކަމަކަށް ބޭނުންވުމުން ރޭޢަޅުކަންކުރުމުގެ ބަދަލުގަ ރޭއަޅުކަންކުރަމުން ކުރާ ދުޢާ ޢިޖާބަކުރައްވަވާނެކަން ތަޖުރިބާކުރެވި ތަނަވަސް، އުފާވެރި ދިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު

އެއީ އޮފީހުގައި މަސައްކަތްކުރާތާ ބަރާބަރު 1200 ވަނަދުވަހެވެ. އެދުވަހުވެސް އޮފީހަށް ދިއައީ އާދައިގެމަތިން ޟުޙާނަމާދުވެސް ކޮށްގެންނެވެ. އެދުވަހުގެ ދުޢާގައި ކުޑަތަންކޮޅެއް އިތުރުވެސްކޮށްލީމެވެ. އެއީ: "ޔާ ﷲ! މިއަޅާއަށް ވަޒީފާގެ ކުރިއެރުން ލިބި ތަންކޮޅެއް މަސައްކަތް ލުއިވެ އިނބަ ﷲ ގެ ޙަޟްރަތަށް އަޅުކަން ކުރުމަށް ތަންކޮޅެއް ގިނަ ވަޤުތު ލިބޭނެ މަގު ފަހިކޮށްދެއްވަވާނދޭވެ!" އާމީން 

އަދި އެރޭ އަލަށް ކުރަން ފެށި ދުޢާއެއްވެސް ތަކުރާރުކޮށްލީމެވެ. އެއީ ހެޔޮލަފާ ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދިގެން ކުރި ދުޢާއެވެ.  

އޮފީހަށް ގޮސް މަސައްކަތްފެށިތަނާ ބޮސް ގޮވާލައިފިއެވެ. ކެބިނަށް ދިއުމުން ބުންޏެވެ. "މިގެނައީ ވަރަށް ބޮޑު ސުވާލެއް ކުރަންވެގެންނެވެ! ތެދުބަހުން ޖަވާބުދޭށެވެ! ފޭސްބުކުން ރިޟްވާން ކިޔާ ޒުވާނަކާ ވާހަކަދައްކަން ހެއްޔެވެ؟" ޖަވާބުގައި ވާހަކަ ދައްކާކަމަށް ބުނުމުން ބުންޏެވެ. "އޭނާ ކަލޭދެކެ ވަރަށް ލޯބިވާކަން ހާމަކުރީމާވެސް އެކަމަށް ޖަވާބުނުދިނީ ކީއްވެގެން ހެއްޔެވެ؟"  

ޖަވާބުގައި ބުނީމެވެ. "އަޅުގަނޑު ގާތު ވަރަށް ގިނަ ޒުވާނުން އެހެން ބުނެއެވެ. ކުރީކޮޅު ބައެއް ޒުވާނުންނަށް ބައްދަލުކުރަން ދަޢުވަތުވެސް ދިނީމެވެ. އެކަމަކު އެކަކުވެސް ބައްދަލެއް ނުކުރެއެވެ. އެހެންވެ ލޯބިވާ ވާހަކަ ބުނާ މީހުންނަށް އެހައި ބޮޑު ސަމާލުކަމެއް ނުދެމެވެ."  

ރިޟްވާން ފެނިއްޖިއްޔާ އެނގޭނެތޯ ސުވާލުކުރުމުން ބުނީމެވެ. "އެއެކައުންޓުގައި އެއިންނަނީ އޭނާގެ ފޮޓޯކަމަށްވާނަމަ އެނގިދާނެހެން ހީވެއެވެ." އެހެން ބުނާއިރަށް އޭނާއަށް ގޮވާލާ ފަދަ އަޑަކުން ތަންކޮޅެއް ބާރަށް "ރިޟްވާން" ބުނާއިރަށް ބޮސްގެ ރެސްޓިންގ ކެބިނުން ޒުވާނަކު ނުކުތުމުން ދިއައީ ސިއްސައިގެންނެވެ. އޭނާއަކީ ބޮސްގެ ދެވަނަ ދަރިފުޅު ކަމަށްވީތީއެވެ.   

ބޮސް އެއްޗެކޭ ބުނުމުގެ ކުރިން ބުނީމެވެ. "ކޮންމެވެސް އެކައްޗެއް ފޭކެވެ. އެކައުންޓުގައި އިންނަނީ ރިޟްވާން ސަރގެ ފޮޓޯއެއް ނޫނެވެ." އެހެން ބުނުމުން ބޮސް ކިޔައިދިނެވެ. "އެއީ އަހުރެންގެ ކުޑައިރުގެ ފޮޓޯއެކެވެ. ރިޟްވާނަށް ސީދާ ކުރިމަތިލާން ނުކެރުނީމާ އެއެކައުންޓު ހަދައިގެން ގުޅުން އުފައްދަން މަސައްކަތްކުރީއެވެ. އެކަންވެސް ކާމިޔާބުނުވީމާ މިހާރު އުނދަގޫކުރަނީ އޭނާގެ މަންމައަށެވެ. މަންމަ އުނދަގޫކުރަނީ އޭނާގެ ފިރިމީހާއަށެވެ. ވީމާ ރިޟްވާންގެ ބައްޕައަށް މިޖެހުނީ މިކަމުގެ ތެރެއަށް ވަންނާށެވެ! އެހެންވެ މިވަނީއެވެ. ރިޟްވާން ގެފަރާތުން ހުރިހާ ކަމަކަށް އަހުރެން ޖާމިނުވަމެވެ. ކަމެއް ގޯސްވެއްޖިއްޔާ އެއްކަންފަތް ކަނޑައިލާނެކަމަށް ބުނިމާވެސް ބުނެފައި އޮތީ އަހުރެމެން ދެމަފިރިންނަށްވުރެވެސް މާލޯބިން އުޅޭނެ ކަމަށެވެ. އަހުރެމެން ދެމަފިރިންނަކީ ދުވަހަކު ދެބަސްވި ބައެއް ނޫނެވެ. ވީމާ އަހުރެން މިއެދެނީ އަހުރެންގެ ދަރިފުޅާއި އަވަހަށް ކައިވެނިކުރުމަށެވެ."  

ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. އިރުކޮޅަކު ހުރެލާފައި ހިނިތުންވެލައި ރުހޭކަމަށް ބުނީމެވެ. އެއީ އޭނާގެ ބައްޕަގެ ހުރި ތަނަވަސްކަމަށް ބަލައިފައެއް ނޫނެވެ. މައިންބަފައިން މެދުވެރިކޮށް އެދުނީމާ ރަނގަޅު ދިރިއުޅުމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އެކަންވީވެސް ހަމަ އެހެންނެވެ. ކައިވެންޏަށް 15 އަހަރުވީއެވެ. އެވަރުގެ ރަނގަޅު ފިރިއަކު ހަމަ ވަރަށް މަދުވާނެއެވެ.  

މިހާރު ދެމަފިރިން އެންމެ ބާރަށް ކުރިއަސް ގެންދާ މަސައްކަތަކީ ދީނުގެ ކަންކަމެވެ. އެހެންވެ ބުނެލަން ބޭނުންވަނީ ރޭއަޅުކަންކުރަންވީ ކަމަކަށް ބޭނުންވުމަކުން ނޫނެވެ! ރޭއަޅުކަންކޮށް ތިމާ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާކަން އަދާކުރަމުން ދުޢާކުރާށެވެ! އެދޭ ކަންކަން ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ. މިހެން މިބުނަނީ އަހުރެންގެ އަމިއްލަ ތަޖުރިބާއަށް ބަލައިގެންނެވެ.

 

- ޝިފޫ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

--ޢިބްރަތްތެރި ވާހަކަ-

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް