އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިން ނިކަމެތިކޮށްފައި މަތީތަޢްލީމަށް ކިޔަވަން މަސައްކަތްކުރުމެއް ނެތް!

މައިންބަފައިން ނިކަމެތިކޮށްފައި މަތީތަޢްލީމަށް ކިޔަވަން މަސައްކަތްކުރުމެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ބައެއް މީހުން ތިމާއަކީވެސް އެންމެ މަތިން ތައުލީމީ ފާސް ނަގައިގެން ހުރި މީހަކަށްވުމުގެ ބޭނުމުގައި ތިމާގެ މައިންބަފައިން ދޫކޮށްލާފައި ގޮސް ކިޔަވަން މަސައްކަތްކުރެއެވެ. ވީހައި މަތީ ފާހެއް ލިބުމަކީ ހަމަ ވަރަށް ރަނގަޅުކަމެކެވެ. ނަމަވެސް ވިސްނާލަންޖެހޭނެ ކަމެއް އެބަ އޮތެވެ. އެއީ ތިމާގެ މައިންބަފައިން ތިބިޙާލަތެވެ.

ދަރިއަކު ކިޔަވަން ަމސައކަތްކުރާނަމަ މައިންބަފައިން ޝަކުވާނުކޮށްފާނެއެވެ. ބަލަންވީ އެމީހުން ޝަކުވާކުރެޓޯއެއް ނޫނެވެ. އެމީހުން ތިބީ ފުދިގެންތޯއެވެ؟ ރަނގަޅު ޙާލަތުގައިތޯއެވެ؟

ވިސްނާށެވެ! ތިބާގެ ފަރާތުން އެހީތެރިކަމަށް ބޭނުންވެގެން ތިއްބައި މައިންބަފައިން ދުނިޔެ ދޫކޮށްފިނަމަ އެކަން ފޫބެއްދޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އަދި މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވުނުކަމަކަށްވެސް ނުވާނެއެވެ. އެހާލަތުގައި ތިމާއަށް ކުރިމަތިވާނެ މައްސަލަތައް މާބޮޑެވެ.

ދުނިޔޭގައި އުޅެވޭވަރަށް ކިޔެވިއްޖެނަމަ ނުވަތަ މަސައްކަތެއް ދަސްވެއްޖެނަމަ އެހިސާބުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ޢާއިލާއަށެވެ. ފުރަތަމަ މައިންބަފައިންނަށެވެ. އަމިއްލަ އަނބިދަރިންގެ ޙައްޤުތައްވެސް ގެންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ.

އެކަން އެނގެނީ ހޮހޮޅައިގައި ތާށިވި 3 މީހުންގެ ވާހަކަ ބަޔާންކުރެއްވެވި ޙަދީޘްފުޅުންނެވެ. އޭނާއަށް ކިރުތަށި ހިފައިގެން ދެވުނުއިރު މައިންބަފައިން ނިދާފައި ތިބުމުން ބޯން ނުދެވުމުން އަނބިދަރިންނަށްވެސް ބޯން ނުދީ އެމީހުން ހޭލަންތެރިވި މީހާ އެކުރި ޢަމަލު ނުވަތަ ޢަމަލުކުރިގޮތް ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމުންނެވެ.

މިއަދު މަސައްކަތްކޮށް އާމްދަނީ ހޯދައި މައިންބަފައިންނަށް އެހީތެރިވަމުންވެސް ކިޔެވޭނެ މަގުތައް ވަނީ ފަހިވެފައެވެ. ވީމާ ފުރަތަމަ ކަމަކަށް މައިންބަފައިންނަށް އެހީތެރިވާށެވެ. އެއިގެ ފަހަތުން މަތިތަޢުލީމާއިގެން ކުރިއަށްދިއުން ގެންނާށެވެ.

ތިމާގެ އެހީތެރިކަމެއް ނެތި މައިންބަފައިންނަށް އުފަލުގައި އުޅެވޭނެ ގޮތް ހަމަޖެހިފައިވާނަމަ މައިންބަފައިން ދޫކޮށް މަތީތަޢުލީމް ޙާޞިލްކުރަން ކިޔެވުމާއިގެން ކުރިއަށް ދިއުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ޙާލަތު އެގޮތަށް ތަންނުދޭނަމަ މައިންބަފައިންނަށް އެހީތެރިވުން ކުރިއަށް ނެރޭށެވެ. އެއިރުން ދެދުނިޔޭގައިވެސް އެމީހަކަށް ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް