އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު
މިރޭގެ ދަރުސް ފަށަމުން ނަޞޭޙަތުގެ ގޮތުން ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ޒަވާޖީ ޙަޔާތް އުފާވެރިކޮށް ބާއްޖަވެރިކުރުމާއި ބެހޭގޮތުންނެވެ.
ދެމަފިރިން އެކުގައި ދިރިއުޅެމުންދާއިރުވެސް އެކަކު އަނެކަކަށް މުޢާމަލާތުކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެ އެއްކަމަކީ އިސްމީހަކީ ފިރިމީހާކަމުގައިވީނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރު އުފުލިގެންވަނީ ކާކުގެ ކަމެއް ނުއެނގޭނެއެވެ.
އަދި ދެމަފިރިން ދިރިއުޅެނީ އަނބިމީހާގެ ތަނަވަސްކަމުގައިނަމަވެސް ފިރިމީހާގެ ޤަދަރު ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންވާ މިންވަރެއް ނުއެނގޭނެއެވެ. ވީމާ ތިމާއަކީ ތަނަވސްކަން ލިބިފައިވުމުން މާމަތީގައި ހުރި މީހަކުކަމަށް ނުދެކޭށެވެ!
ދެމަފިރިން ލޯތްބާއި އިޙްތިރާމާއިއެކު މުޢާމަލާތުކުރުމަކީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާ ކަމެކެވެ. ދެމަފިރިން ލޯބިން ދިރިއުޅުމަކީ ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ޢަމަލުތަކުގެތެރެއިން ޢަމަލެކެވެ. ވީމާ ދިރިއުޅުމުގެ ޙާލަތު ކުރިއަރުވަން އެދުމަސްވެސް ލޯބިން މުޢާމަލާތުކުރާބައަކަސްވާށެވެ!
އެއްވެސް މީހަކަށް ދެރަބަހެއް، ހިތުގައި ޖެހޭ ފަދަ ބަހެއް ނުބުނާށެވެ. އޭނާއަކީ ﷲ ތައާލާގެ ލޮބުވެތިކަން ކިހައި ބޮޑަކަށް ލިބިގެންވާ މީހަކުކަމެއް ނުއެނގޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ދަރަޖަ އުފުލިގެންވާ މިންވަރެއް ނުއެނގޭނެއެވެ.
އެއީ އެއްވެސް މީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ. އެއީ އެއްވެސް މީހަކަށް ﷲ ތަޢާލާ އަންގަވާނެ ކަމެއް ނޫނެވެ. އަދި އެމީހަކަށްވެސް އެނގޭނެ ކަމެއް ނޫނެވެ.
ކޮންމެ މީހަކާއި ބައްދަލުވެ މުޢާމަލާތުކުރިނަމަވެސް ލޯތްބާއި އިޙްތިރާމާއިއެކު މުޢާމަލާތުކުރާއެކު މުޢާމަލާތުކުރާށެވެ! އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެ އަމުރުފުޅަށް ޢަމަލުކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވެގެންދާނެ ކަމެކެވެ.
- މައުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
Advertisement
9 ޖުލައި 2025