އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޙައްމަދު ސުލްޠާން ވެއްޓުމުން ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ މަރުވެފަ: އެމްޑީއެފް

މުޙައްމަދު ސުލްޠާން ވެއްޓުމުން ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ މަރުވެފަ: އެމްޑީއެފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

އިންޑިއާގެ ޕޫނޭގައި ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި އުޅެނިކޮށް އއ. ހިމަންދޫ، ރޯޒްމީޑް ދިވެހި ސިފައިންގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ވެއްޓުމުން ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ މަރުވެފައި މަނަށް އެމްޑީއެފްއިން ބުނެފިއެވެ.

އެމްޑީއެފްއިން ބުނެފައިވަނީ ލާންސް ކޯޕްރަލް ސުލްޠާން ނިޔާވެފައި ވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި މިއަދު މެންދުރުފަހުއޮތް މިދުވުމުގެތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި 13:58 ހާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވަނީ ނިޔާވެފައިކަމަށް އެމްޑީއެފްއިން ބުނެފައިވެއެވެ.

2018 އޭޕްރީލް 8 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ފުރިހަމަ ކުރަމުންދިޔައީ 2021 މާރިޗް 15 އިން 2024 މާރިޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން މަސައްކަތްކުރައްވަމުން ގެންދެވީ އިންޓަގްރޭޓެޑް ހެޑްކްއޯޓަރޒް (ޖޭ-1) ގައެވެ. ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން އަށް ލާންސް ކޯޕްރަލް ކަމުގެ ރޭންކް ލިބިފައިވަނީ މި ކޯސް ފުރިހަމަ ކުރަމުން ދަނިކޮށްނެވެ.

ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން ގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް އިން އަންނަނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ