އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުން ހިނަވަން ނުކެރިގެން 7 އަންހެނުން ފިލި- މަރުވުމުން ހިނަވަން އަތްލީމާ ގުނަވަންތައް ހަށިގަނޑާ ވަކިވެ ފޭބި މީހެއްގެ ވާހަކަ-

ބިރުން ހިނަވަން ނުކެރިގެން 7 އަންހެނުން ފިލި- މަރުވުމުން ހިނަވަން އަތްލީމާ ގުނަވަންތައް ހަށިގަނޑާ ވަކިވެ ފޭބި މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ދެން ކޮބާހޭ މިދުނިޔެ ދޫކޮށްފަ ދިޔައީމާ ކަށްވަޅަށޭ މިދަނީ، ކަށްވަޅުގެ ތެރޭގާ ޝަޒާތަކުގެ ރޭގާ ހިނގާދިޔަ ޙަޤީޤީ ޙާދިޘާ އެއް އަޅުގަނޑު ކިޔާނީ އިތުރު އެއްޗެއް ނުކިޔާނަން: އަޅުގަނޑުމެންނަށް ކަށްވަޅުގެ ޢަޛާބަކީ ޙައްޤު އެއްޗެއްކަން އެނގޭ! " عَذَابُ الْقَبْر حَقٌّ " 

މީހަކު މަރުވީމަ މީހުން ހިނަވާމީހުން ތިބޭނެ، އަންހެނަކު މިބުނަނީ ޢަރަބި އަންހެނެއް ތިމަންނަގެ އަވަށްޓެރިންގެ ތެރެއިން މީހަކުގެ ދަރިޔަކު ޒުވާން އަންހެން ކުއްޖަކު މަރުވީމާ، އެމީހުން ބުނެފި ތިމަންނަމެންގެ ދަރިފުޅު ހިނަވާލަދޭށޭ، ތިމަން އެމީހުންގެ ދައުވަތަށް ދިޔައީމާ މިމީހުން ކޮޓަރިއަށް ވައްދާފާ ވަޤުތުން ތަޅުލައިފިއޭ. ތިމަންނަ ދޮރުގަ ތަޅަންފަށައިފީމޭ އޭތް ދޮރުހުޅުވާށޭ ކީއްވެހޭ ބަންދުކުރީ ހުރިހާ އެއްޗެއް ހުރީ ތައްޔާރަށޭ، މައްޔިތާގެ މަތީގާ އޮތީ ފޮތިގަނޑެއް އަޅާފައޭ ފޮތިގަނޑު ތިމަންނަ ނަގައިފީމޭ ތިމަންނަގެ ލޮލުން ތަރިތައް ބުރައިގެން ދިޔައޭ! 

މައްޔިތާ ފެނުނީމަ އޮތް ޙާލަތު ފެނުނީމަ ކަޅު ދެލިބުރިއެއްހެން އަނދިރިކަމާއެކު ސުންޕާކަންކަމުންގޮސް ތިމަންނަ އަށް ރޮވިއްޖޭ ތިމަންނަ އެތަނަށް ވެއްޓިއްޖޭ ތިމަންނަ ދުޢާކުރަމުންނޭ ދިޔައީ ދޮރެއް ނުހުޅުވިއޭ އެމީހުން، ނަމަވެސް ތިމަންނަ އެއަށް ފަހުގާ ހިތްވަރުކޮށްފަ ﷲ އަށް ޙަމްދާއި ޝުކުރުކޮށްފަ އެއިލާހުގެ ޙަޝްރަތަށް ދެންނެވުމަށްފަހުގާ ތިމަންނަ ހިތަށް އެރިއޭ ތިމަންނަ މިތަނުން ސަލާމަތްވާނީ މީނަ ހިނަވާފައޭ ހިނަވަން ތިމަންނަ މަސައްކަތް ކުރީމާ އޭނަގެ ގުނަވަންތައް ތިމަންނަގެ އަތްމައްޗަށޭ ވެއްޓެނީ، އަނެއްކާ އިތުރު ބިރެކޭ. ނަމަވެސް ލޯމަރައިގެންހުރެ ޝަހާދަތް ކިޔަމުން ﷲ އަށް ދުޢާ ދަންނަވަމުންގޮސް ތިމަންނަ ހިނަވާފަ ކަފުންކޮށްފަ ގޮސް ދޮރުގަ ތަޅާފަ ބުނީމޭ ދޮރުހުޅުވާށޭ ކަފުންކޮށްފީމޭ ދޮރުހުޅުވާށޭ، ކަފުންކޮށްފީމޭ، ދެން އެމީހުން ދޮރުހުޅުވީމާ ތިމަންނަ މަޑެއް ނުކުރަމޭ ދުވެފަ ތިމަންނަ ދިޔައީ ގެޔަށްށޭ ތިންދުވަސް ވަންދެން ތިމަންނަ އޮތީ އެނދުމަތީގައޭ އެމަންޒަރު ތިމަންނައަށް ފެނުނީމާ ތިމަންނަގެ ލޮލުން ތަރިތަކެއް ބުރައިގެންދަނީ ކެތްނުކުރެވިގެން ޝައިޚަކަށް ގުޅައިފީމޭ މިގޮތަށޭ ތިމަންނައަށް ދިމާވީ ޝައިޚް ވިދާޅުވިއޭ މާޔޫސް ނުވާށޭ ތީގަ ކޮންމެސް ސަބަބެއް އޮންނާނޭ އެގޭ މީހުންކުރެން އަހާލާށޭ ކޮބައިތޯއޭ މީގެ ސަބަބަކީ.

މިއަންހެންމީހާ އެގެޔަށް ދަނީ ހަތަރުވަނަ ދުވަހުގަ ގޮސް ބުނަނީ ތިމަންނަ ތިޔަބައި މީހުންނާ ކުރަން ބޭނުންވަނީ ދެސުވާލޭ، ފުރަތަމަ ސުވާލަކީ: ކީއްވެހޭ ތިމަންނަ އައީމާ ތިމަންނަ ކޮޓަރިއަށް ވައްދާފަ ބޭރުން ތަޅުލީ، ދެވަނަ ސުވާލަކީ: ކަލޭމެންގެ މިކުއްޖާ އަކީ ކޮންކަހަލަކުއްޖެއްހޭ؟ ކޮންކަމެއްހޭ މީނަ ދުނިޔެމަތީގަ ކުރަމުން ދިޔައީ . 

ފުރަތަމަ ސުވާލުގެ ޖަވާބުގާ ގޭމީހުން މިބުނަނީ ހިނަވާ ހަތްމީހުން ގެނެސްފީމޭ ކޮންމެ މީހަކު ފޮތިގަނޑު ނަގާފަ ދުވެ ރައްކާވަނީއޭ ތިމަންމެން ހިތަށް އެރިއޭ ކަލެއަށް ނާންގާ ވައްދާފާ ދޮރު ތަޅުލީމާ ކަލޭ ހިނަވާދޭނޭ އެހެންވެގެންނޭ އެކަންކުރީ.

ދެވަނަ ސުވާލުގެ ޖަވާބުގާ މިބުނަނީ އޭނަ ކުރަމުންދިޔަ ކަންތައްތައް މާގޯސް ކަންތައްތަކެއް ނުކުރޭ ތިމަންނަމެނާ އެކުގާ އުޅެޔޭ އެހެންނަމަވެސް ނަމާދަށް ވަރަށް ބޮޑަށް ފަރުވާ ކުޑަކުރެޔޭ. ލޮބުވެތި އުޚުތުން ވިސްނާވަޑައިގަންނަވަންޖެހޭ އަޅުގަނޑުމެންގެ ތެރެއިން ބަރަހަނާކަން ބަހައްޓައިފިނަމަ އަޅުގަނޑުމެންނަށް ލިބޭނެ ޝަޒާލިބޭނެ މިއަދު ނޭނގި ހިގައިދާނެ އޭނަ ބުރުގާއަށް އިންކާރު ކުރަމުން ދިޔައީ، އައުރަ ނިވާ ކުރުމަށް އިންކާރު ކުރި މިނިވަންކަމޭބުނީ. 

ލޮބުވެތި އަޚުންނާއި އުޚުތުން މިއަށްވުރެ ބޮޑު ޝަޒާއެއް ކޮންމީހަކަށްތޯލިބޭނީ؟ އަޅުގަނޑުމެންނަށް އެބައޮތް ފުރުޞަތު ރައްބުލް ކާއިނާތުން ހަތްއުޑުމަތިން އަޅުގަނޑުމެންނަށް ދެއްވި އަގުބޮޑު ހަދިޔާއެކޭމީ މިޢްރާޖްގެ ހަދިޔާއެކޭ މި ފަރުޟު ފަސް ނަމާދަކީ މިއަށް ރައްކާތެރިވުމުން ﷲ ގެޙަޟްރަތުން އޮތީ އަޅުގަނޑުމެންނަށް އިނާމް. 

 

- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


11%
ވ.ރަނގަޅު
26%
ރަނގަޅު
33%
އޯކޭ
28%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް