އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު
މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ ރޭ ކުޅުނު މެޗްތައް ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބާ ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބާ ލޮރެންޒޯ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް 21/39 ޕޮއިންޓުން ކާމިޔާބުކުރީ ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބްއެވެ. މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމް ހޯދީ ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބްބެ ޖުނައިނާ އަޙްމަދު އިޝާޤް އެވެ.
ޒެނިތު ސްޕޯޓްސް ކްލަބާ ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް 15/80 ޕޮއިންޓުން ކާމިޔާބުކުރީ ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބެވެ. މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމް ހޯދީ ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބްގެ އާއިޝަތު ޒީކް ޝިޔާމް އެވެ.
Advertisement
2 ޑިސެމްބަރ 2021