އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު
މާލެއިން ބިން ދޫކޮށްލާ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެއާ ގުޅީފަޅުން 3000-4000އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅިގެން މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ މިގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހޫޅުމާލެއާއި ގުޅީފަޅުންކަމަށާއި ގޯތިތައް ދޫކުރާނީ މާލޭގެ ބިމުން ތަންކޮޅެއް ދޫކޮށްލާ މީހުންނަށް ކަމަށެވެ.
ބޯހިޔާވަހިކަމަށް މި ސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓުތަކުގެ ތަފްސީލުތައް ހާމަކޮށްދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވިދާޅުވެފައިވަނީ މާލެއިން ގޯތި ދޫކޮށްލާ މީހުންނަށް ގޯތި ދޫކުރަން ސަރުކާރުން މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށެވެ.
Advertisement
28 ޑިސެމްބަރ 2021