އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ތަނަވަސްކަންކުޑަ ފިރިމީހާ ވަރިކުރީ ފަލަކަމުންނެވެ! ތަނަވަސް ފިރިމީހާ ކަންބޮޑުވަނީ ހިކިގެން ވަޔާ، އޮޔާ ހިނގައިދާނެތީއެވެ!

ޙަޤީޤީ ޙާދިސާ: ތަނަވަސްކަންކުޑަ ފިރިމީހާ ވަރިކުރީ ފަލަކަމުންނެވެ! ތަނަވަސް ފިރިމީހާ ކަންބޮޑުވަނީ ހިކިގެން ވަޔާ، އޮޔާ ހިނގައިދާނެތީއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

އަނބިމީހާ ފަލަވުމުން ފިރިމީހާއަށް ހުތުރުވެ ވަރިކޮށްލާ ކަމުގެ ވާހަކަތައް މިއަދުނޫހުގެ "ޙަޤީޤީ ޙާދިސާ" ސިލްސިލާއިން ފެންނާތީ މިބަޔާންކުރަނީ އަޅުގަނޑަށް ކަންތައް މެދުވެރިވި ގޮތެވެ. ފަލަވުމަކީ އަޅުގަނޑަށް ލެއްވެވި ރަޙްމްތަކަށްވީ ގޮތުގެ ވާހަކައެވެ. 

ކޮންމެ މީހަކީވެސް ތަނަވަސް ދިރިއުޅުމަށް ބޭނުންވާނެ މީހެކެވެ. އަޅުގަނޑަކީވެސް ތަނަވަސްކަން ބޭނުން ނުވާ މީހެއްކަމުގައި ބުނާކަށް ނެތީމެވެ. ނަމަވެސް ތަނަވަސްކަން އެއީ އެންމެ ބޮޑު އުފާވެރިކަން ކަމުގައި އެއްވެސް އިރަކު އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. ފިރިމީހާއަށް ލިބޭ އާމްދަނީ މަދުވުމުން ފިރިމީހާ އާއިއެކު ދިރިއުޅެމުން އައީ ވަރަށް ދަތިޙާލުގައެވެ. ނަމަވެސް އެއީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެހެންވެ ދިރިއުޅެމުން އައީ ހަމަ ވަރަށް އުފަލުންނެވެ. 

ކޮންމެއަކަސް ދެވަނަ ދަރިފުޅު ލިބުނުތަނުން އަޅުގަނޑު ފަލަވާން ފަށައިފިއެވެ. 45 ކިލޯއިން 60 ކިލޯއަށް ބަރުވެއްޖެއެވެ. ކަސްރަތުވެސް ކުރީމެވެ. ޑައަޓްވެސް ކުރީމެވެ. ނަމަވެސް ހަށިގަނޑަށް އެއްވެސް އެނގުމެއް ނުވިއެވެ. 

ދުވަސްކޮޅަކުން ފިރިމީހާ އަޅުގަޑުމަތިން ފޫހިވެ ޒުވާން އަންހެންކުއްޖެގެ ފަހަތުން އުޅެންފަށައިފިއެވެ. އެކުއްޖާއަށް ޚަރަދުކުރަން ހަދައިގެން ދަރިންނަށް ބޭނުންވާ ބުއްދަޅުވެސް ގަނެނުދެވޭ ޙާލަތަށް ހިނގައްޖެއެވެ. ފިރިމީހާއަށް ލިބޭ މުސާރައިން ދެކުދިންނަށާއި އަޅުގަނޑަށް ޚަރަދުކުރަންދެނީ މަދުމިވަރެކެވެ. ދީފައި ބުނަނީ ފުއްދާށެވެ. ފުއްދާށޭ ބުނި ނަމަވެސް ފުއްދޭނީ ވަކިވަރަކަށް ނޫންތޯއެވެ؟ ކިރިޔާވެސް ބަހެއް ބުނެފިނަމަ ބުނާނީ "މޫނުމަތީގަ ޒުވާބުކުރަން ކަލޭގެ ސިފަ ކަލެއަށް ފެނޭހެއްޔެވެ؟" 

ލިބޭ މަދުލާރިކޮޅު ހިލޭ އަންހެނަކަށް ޚަރަދުކޮށް އިސްރާފުކުރަން ފެށުމުން ކެތްނުކުރެވިގެން ވަރިއަށް އެދުމުން ވަރިކޮށްދިނެވެ. ވަރިކުރީމާ ދެދަރިން ގޮވައިގެން ދިއައީ މަންމަގާތަށެވެ. އެހައިތަނަށް ފިރިމީހާގެ އެއްވެސް ޝަކުވާއެއް މަންމަ ގާތަކު ނުކުރަމެވެ. ނަމަވެސް އެދުވަހު ހުރިހާ ވާހަކަތަކެއް ކިޔައިދޭންޖެހުނެވެ.

މަންމައަކީވެސް އެހައި ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ގެއިން ބައެއް ކުއްޔަށްދީފައި ހުންނާތީ އުޅެލެވޭވަރުވެއެވެ. މަންމަގެ އެހީތެރިކަމާއިއެކު 2 ކުދިން ގޮވައިގެން އުޅެމުންދަނިކޮށް ފިރިހެނަކާއި ބައްދަލުވިއެވެ. އޭނާއަށް އަޅުގަނޑު ކަމުދިއައެވެ. ފަލަވެގެން ޝަކުވާއެއް ނުކުރެއެވެ. ބައްދަލުވިތާ 2 މަސްވެސް ނުފުރެނީސް ކައިވެނިވެސްކޮށްފިއެވެ. 

ނަޞީބުދިމާކުރިގޮތުން އޭނާވީ ވަރަށް ތަޤްވާވެރި މީހަކަށެވެ. އަދި އަތްމަތި ތަނަވަސްވެސް މީހަކަށެވެ. ދެވަނަ ކައިވެނީގައި މިހާރު 6 އަހަރުވެއްޖެއެވެ. އަދި ދެވަނަ ކައިވެންޏަށްވެސް ވަނީ 2 ދަރިން ލިބިފައެވެ. ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ. 

ވީމާ އަޅުގަނޑަށް ބުނެވެން އޮތީ އަޅުގަނޑު ފަލަވުންވީ އަޅުގަނޑަށް ލެއްވެވި ރަޙްމަތަކަށެވެ. ހަމަޖެހިލައިގެން ދުނިޔޭގައި އުޅެލަން ފުރުޞަތު މިލިބުނީ އަޅުގަނޑު ފަލަވީތީއެވެ. 

އަދި އެއްވާހަކަ ބުނެލަން ބޭނުމެވެ. މިހާރު އަޅުގަނޑުގެ ބަރުދަނަކީ 50 ކިލޯއެވެ. ކުރިއަށްވުރެ އަދިވެސް 5 ކިލޯ ބަރެވެ. ނަމަވެސް ހިކުނީ އެކަމަށް މާބޮޑު މަސައްކަތެއް ކޮށްގެންނެއްވެސް ނޫނެވެ. ހަމަ ކެއުން ހިފަހައްޓާލުން ނޫންކަމެއް ނުކުރަމެވެ.

މިހާރުގެ ފިރިމީހާއަކީ ވަރަށް ސަމާސާ މިޒާޖުގެވެސް މީހެކެވެ. އެހެންވެ އަޅުގަނޑު ޑައިޓްކުރާތީ ބުނެއެވެ. "މާބޮޑަށް ޑައަޓް ނުކުރާށެވެ. ވަޔާ ހިނގައިދާނެއެވެ. އޮޔާ ހިނގައިދާނެތީ އަދި މާބޮޑަސް ބިރުގަނެއެވެ." 

ކޮންމެއަކަސް މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ލިބުން އޮތީ މީހާގެ ފަލަމިނަކުން ހިކިމިނަކުން ނޫނެވެ. ހެޔޮލަފާ ތަޤްވާވެރި ބައިވެރިއަކު ލިބުމުންނެވެ. 

- ރައީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް