އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު
މާލޭގެ ބައެއް ގޭގޭގައި ހުރި ޑްރަގް އައްޑަތައް ބަންދުކުރުމަށްފަހު މަސްތުވާތަކެތި ބޭނުންކުރާތަނަކަށްވެފައިހުރި ކުރީގެ ފްލޫ ކްލިނިކް ހިންގި އިމާރާތުގައި ރޯވެ އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އިމާރާތުގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 2.47 ހައިއިރުކަމަށެވެ. އަދި އަލިފާންގަނޑު ނިއްވައިލެވުނީ 3،08 ހައިއިރުކަމަށެވެ.
އެމްއެންޑީއެފުން ބުނީ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ.
ޑްރަގް އައްޑަތައް ބަންދުކުރުމުން މިސްކިތްތައް ނަޖިސްކުރުން އިތުރުވިފަދައިން މިހާދިސާއާއި ގުޅިގެން ވެސް ސަރުކާރުން ސަމާލުކަން ނުދީފިނަމަ މިސްކިތްތަކަށް ބާރުބޮޑުވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.
Advertisement
28 ޖެނުއަރީ 2022