އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު
ދިވެހިރާއްޖޭގި ހުރިހާ ސަރަޙައްދެއްގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދު އުވާލުމާގުޅިގެން މާސްކު އެޅުމަށް އޮތް މަޖުބޫރުކަން ނިމުމަކަށް ގެނެސް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑް-19 ކޮންޓްރޯލުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެވިފައިވާކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސްބައެއް ތަންތަނާއި ޙާލަތްތަކުގައި މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެތެރޭގައި ހިމެނެނީ ޞިއްޙި ޚިދުމަތް ދޭ ތަންތަނުގައި (އެތަންތަނަށް ޒިޔާރަތްކުރާ މީހުން ހިމެނޭގޮތަށް) އަދި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށް ވުރެ މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްތައް ހިމެނެ އެވެ.
Advertisement
13 މާޗް 2022