އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މޮޔަބަލި" ޖައްސުވާ ލިޕްސްޓިކް- މީހާ މޮޔަކޮށްލާ!

"މޮޔަބަލި" ޖައްސުވާ ލިޕްސްޓިކް- މީހާ މޮޔަކޮށްލާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ރާއްޖޭގައި މިފަދަ ކަމެއް ކުރިމަތިވިކަން މިހައިތަނަށް އެނގިފައި ނެތް ނަމަވެސް ލިޕްސްޓިކަކީ ވަރަށް ނުރައްކާތެރި އެއްޗަކަށް ވެއްޖެއެވެ. އެމެރިކާގެ މެންޓަލް ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޑޮކްޓަރަކު ދާދި ފަހުން ބުނެފައިވަނީ ސިކުނޑިއަށް މައްސަލަތައް ކުރިމަތިވެގެން "މޮޔައިން"ގެ ގޮތުގައި ހޮސްޕިޓަލަށް ގެންދެވުނު ބައެއް އަންހެނުންނަށް އެޙާލަތު ކުރިމަތިވެފައިވަނީ ބޭނުން ކުރެވުނު ލިޕްސްޓިކުގެ ސަބަބުން ކަމަށެވެ. 

އެއީ ޢާންމުކޮށް ފިހާރަތަކުގައި ވިއްކަން ހުންނަ ބާވަތެއް ނޫނެވެ. އެއީ އަންހެނުންނަށް ލަނޑުދޭން ޚާއްޞަކޮށްގެން ތައްޔާރުކޮށްފައި ހުންނައެއްޗެކެވެ. އެބާވަތުގެ ލިޕްސްޓިކް ބޭނުންކުރުމުން ސިކުނޑިއަށް އަސަރުކޮށް ވާނުވާ ނޭނގި އަތުންފައިން މޮޔަ ކަންކަން ކުރެވެއެވެ. އަނެއްބައި ޙާލަތުގައި ހީވަނީ ނިދޭހެންނެވެ. ނަމަވެސް އަސްލުގައި އޭނާ އޮންނަނީ ހޭނެތިފައެވެ. 

ހޯދުންތަކުން އެނގުނު ގޮތުގައި މިބާވަތުގެ ލިޕްސްޓިކް ވަރަށް ގިނަ މަޝްހޫރު ނަންނަމުގައި ހަދާފައި ހުރެއެވެ. ވީމާ ޢާންމުކޮށް ބޭނުންކުރާ ލިޕްސްޓިކް ނަގާފައި އެއިގެ ބަދަލުގައި މިފަދަ ލިޕްސްޓިކްފުޅި ބޭންދުމުން ނުއެނގި ބޭނުންކުރެވެނީއެވެ. ގިނަ ފަހަރަށް އެކަން ކުރުވަނީ ގޭގައި ގެންގުޅޭ މީހުން ލައްވައެވެ. ނުވަތަ އެމީހަކާ ޢަދާވާތްތެރިވެގެން ގޭގައި އުޅޭ މީހުންނެވެ. 

ބަވަނަވެފައިވާ ދުނިޔެއެއްގައި އުޅެމުންދާއިރު މިބާވަތުގެ އެއްވެސް އުފެއްދުމަކީ ރާއްޖެއަށްވެސް ނައިސް ނުދާނެ އެއްޗެއްކަން ޤަބޫލުކުރަން އެބަޖެހެއެވެ. ވީމާ އޮތީ ހޭލުންތެރިވުމެވެ. އެމީހާގެ ސަލާމަތް ހޯދަން އެމީހަކު މަސައްކަތްކުރުމެވެ. އެގޮތުން ތިމާ ބޭނުންކުރާ ލިޕްސްޓިކް ފަދަ ތަކެއްޗަކީ ކޮންމެ މީހަކަށް އަތް ނުލެވޭނެ ގޮތަށް ރައްކައުތެރިކޮށްފައި ބަހައްޓަންޖެހޭނެ ތަކެތިކަމަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް