އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިކަން ކިރިޔާ ރަނގަޅުވެލާއިރަށް މިފްކޯއިން މަސްވެރިންނަށް އަދަބު! "ކިޔޫގަ ޖެހޭ ދޯންނަކުން ކިރާނީ 5 ޓަނު!"

މަސްވެރިކަން ކިރިޔާ ރަނގަޅުވެލާއިރަށް މިފްކޯއިން މަސްވެރިންނަށް އަދަބު! "ކިޔޫގަ ޖެހޭ ދޯންނަކުން ކިރާނީ 5 ޓަނު!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ދެކުނުގެ މަސްވެރިކަން ރަނގަޅުވެލާއިރަށް ރައްޔިތުންގެ ފައިސާއިން ހިންގާ ރައްޔިތުންގެ މަސްކުންފުނި މިފްކޯ އިން މަސް ގަންނަ އަދަދު ލިމިޓްކޮށްލައިފިއެވެ. 

މިފްކޯއިން ބުނެފައިވަނީ މިއަދުން ފެށިގެން ކިޔޫގައި ޖެހޭ ދޯނިތަކުން ކިރުވާނީ ދޯންޏަކުން އެންމެ 5  ޓަނުގެ މަސްކަމަށެވެ. މިފްކޯއިން ނެރުނު ބަޔާނުން އެނގުނީ މަސްވެރިން ކުރިއަރަދިއަ ވަރުގެ 82 އިންސްތަ ފަހަތުގައި މިފްކޯ އޮތްކަމެވެ. 60 ޓަނު ބާނާނެ މަސްދޯނިފަހަރު ދުއްވާއިރު މިފްކޯއަށް އެންމެ 5 ޓަނު މަސްކިރޭތީއެވެ. 

މިއީ ޙައްލުކުރާނެ ކަމަށްބުރެ ކޮންމެ ސަރުކާރަކުންވެސް ވަރަށް ސަޅިބައިސާ ކަނޑާ ކަމެކެވެ. ނަމަވެސް ކިރިޔާވެސް ކަމެއް ކުރެވުނުތަން ފެނިފައިވަނީ ބޮޑު ކެޔޮޅު ޢާދިލް ސަލީމަށެވެ. ޢާދިލް ސަލީމް ކޫއްޑުި ހިންގެވުމާއި ޙަވާލުވެހުންނެވި ދުވަސްވަރު ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށް ދިއަތަން ފެނުނެވެ. އެހިސާބުން އަބަދުވެސް އިވެމުން މިދަނީ ސަޅި ބައިސާ ކެނޑޫމުގެ އަޑެވެ. މަސްވެރިންނަށް މައިޒާންހަޑާ ވާހަކައަކާއި ކޮންމެ ދެމަފިރިއަކަށް ގޭދޮށު މަސްފެކްޓަރީއެއް ހަދާވާހަކައެވެ. 

މިފްކޯގެ ބަސް: 

"އެއްފަހަރާ ގިނަ ދޯނިތަކުން ދެކުނުގެ ސެންޓަރުތަކަށް މަސް ކިރުވާ އަދަދު، ކެޕޭސިޓީއަށް ވުރެ އިތުރުވެފައިވާތީ މަސް ކިރުމުގައި ދަތިތަކާ ދިމާވާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ ދުވަހު އެކި ސެންޓަރުތަކަށް 1،390 ޓަނުގެ މަސް ކިރުވަން ދޯނިތަކުން ވަނީ ގޮސްފައެވެ. އެއީ އެވްރެޖުކޮށް ދޯންޏަކަށް 12 ޓަނު ކަމަށް ވާއިރު ބޮޑެތި ދޯނިތަކުން ދުވާލަކު 25-60 ޓަނުގެ މަސް ބާނައެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު