އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 ފުޅި ހުވަނދުލިބޭ ސުވާލު: އެންމެ ބޮޑަށް ދެރަވަނީ ގާތް މީހުން ތިބާއަށް ކޮންކަމެއް ކުރުމުން؟

4 ފުޅި ހުވަނދުލިބޭ ސުވާލު: އެންމެ ބޮޑަށް ދެރަވަނީ ގާތް މީހުން ތިބާއަށް ކޮންކަމެއް ކުރުމުން؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

4 ފުޅި ހުވަނދުލިބޭ ސުވާލު: އެންމެ ބޮޑަށް ދެރަވީ/ދެރަވަނީ ގާތް މީހުން ތިބާއަށް ކޮންކަމެއް ކުރުމުން؟ 

ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް އަސަރުކުރާނީ އެމީހެއްގެ އެންމެ ގާތް މީހުން އެމީހަކާއިމެދު ދެރަގޮތަކަށް ކަންކަން ކުރުމުންނެވެ. މިސާލަކަށް އަނބިން، ފިރިން، މައިންބަފައިން، ދަރިން، އަޚުން، އުޚުތުން، ޅިޔަނުނ، ފަހަރިން، އެންމެ ގާތްކަމަށް ބެލެވޭ އެކުވެރިން ފަދަ މީހުން ތިމާއަށް ދެރަވާނެ ގޮތަށް ކަންކަން ކުރުމުން ކުރާނެ އަސަރު އެތައް ގިނައަކަށް ބޮޑުވާނެއެވެ. 

ސުވާލުގައި ބުނެފައި އެވަނީ އެންމެ ބޮޑަށް ދެރަވީ/ދެރަވަނީ ގާތް މީހުން ތިބާއަށް ކޮންކަމެއް ކުރުމުންތޯ؟ އެވެ. އެފަދަ ކަމެއް އޮތްނަމަ ފާހަގަކޮށްލައްވާށެވެ. ކިޔުންގެ ޖަވާބުތަކުން އެކަނިވެސް ފިލާވަޅަކަސްވެގެންދާނެއެވެ. އިން ޝާ ﷲ 

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ. 

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. 

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ. 

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު