އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ބާރަށް ދިއަ ނަމަވެސް ބައްދަލުވާ މީހުންނާ ސަލާމްކުރާށެވެ! ކުރާ ސަލާމަށް ޖަވާބުދިނުމަކީ ﷲ ގެ އަމުރުފުޅެކެވެ!

ކިތަންމެ ބާރަށް ދިއަ ނަމަވެސް ބައްދަލުވާ މީހުންނާ ސަލާމްކުރާށެވެ! ކުރާ ސަލާމަށް ޖަވާބުދިނުމަކީ ﷲ ގެ އަމުރުފުޅެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

މީސްތަކުންނާއި ބައްދަލުވުމުން ސަލާމްކުރުން މިދަނީ ނެތެމުންނެވެ. ސަލާމަށް ޖަވާބު ދިނުމުގައިވެސް މިދަނީ ފަރުވާ ކުޑަކުރެވެމުންނެވެ. އެކަމުގައި މިދަނީ ފަރުވާ ކުޑަކުރެވެމުންނެވެ. ސަލާމް ކުރުމާއި ސަލާމަށް ޖަވާބު ދިނުމަކީ ﷲ ތަޢަލާގެ އަމުރުފުޅެއްކަން ވެސް އެނގެނީ މަދު ބައަކަށެވެ. ސަލާމް ނުކުރުމާއި ސަލާމަށް ޖަވާބު ނުދިނުމުން އެކަން ވާނީ ﷲ ތައާލާގެ އަމުރުފުޅަކަށް އަމަލުނުކުރުން ކަމަށެވެ.

ނިސާ ސޫރަތުގެ 86 ވަނަ އާޔަތަށް ވިސްނާށެވެ! "ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ."

އާދަމްގެފާނު އުފައްދަވައި ފުރާނަ އެޅުއްވެވުމަށްފަހު މަލާއިކަތުންނަށް ސަލާމް ކުރައްވަވަން ﷲ ތައާލާ ވަޙީކުރެއްވެވިއެވެ. އާދަމްގެފާނު ވަޑައިގެން މަލާއިކަތުންނަށް ސަލާމް ކުރެއްވެވިއެވެ.

It was narrated by Abu Hurayrah (may Allah be pleased with him) from the Prophet (blessings and peace of Allah be upon him), that when Allah, may He be exalted, created Adam, He said to him: “Go and greet that group – who were a group of the angels who were sitting (nearby) – and listen to their response, for it will be your greeting and the greeting of your descendants.” So he went to them and said As-salaamu ‘alaykum (peace be upon you), and they said As-salaamu ‘alayka wa rahmat-Allah (peace be upon you and the blessing of Allah), so they added (the words) wa rahmat-Allah. So salaam is the greeting of Adam and his descendants. Al-Bukhaari narrated in al-Adab al-Mufrad (989) that Anas (may Allah be pleased with him) said: The Messenger of Allah (blessings and peace of Allah be upon him) said: “As-salaam is one of the names of Allah, may He be exalted, and Allah has ordained it on earth, so spread (the greeting of) salaam amongst yourselves.” Classed as hasan by al-Albaani in Saheeh al-Adab al-Mufrad (764).

މީހަކު ސަލާމް ކުރުމުން އެއަށްވުރެ ފުރިހަމަ ގޮތުގައި ޖަވާބު ދީފިނަމަ އެކަމުން އަނގައިދޭނީ ތިބާގެ ތަޤްވާވެރިކަން މާބޮޑުކަމެވެ. ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރާ މިންވަރުވެސް މާބޮޑުކަމެވެ. ހިތް މާ ޠޯހިރުކަމެވެ. އަދިވެސް ބުނަން ހެއްޔެވެ؟ ސަލާމަށް ޖަވާބު ނުދިނުމަކީ ފާފައެކެވެ.

ތިބާއަށް އަނިޔާވެރިވެފައި ހުރި މީހަކު ތިބާއާ ސަލާމްކުރި ނަމަވެސް ޖަވާބު ދޭށެވެ! އިސްވެ ސަލާމްވެސް ކުރާށެވެ! އެކަމުން ލިބެން އޮތް ސަވާބު ހާޞިލުކުރާށެވެ! ކޮށްފައިވާ އަނިޔާގެ ސަބަބުން އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާތީ ނުދެއްކި ނަމަވެސް ސަލާމް ކުރާށެވެ! ސަލާމަށް ޖަވާބުދޭށެވެ!

"ތިބާ ސުވަރުގެއަށް ވައްދަވަން ﷲ ތައާލާ އިރާދަފުޅުކުރައްވަވައިފިނަމަ ވާނީ ކިހިނަކުންހެއްޔެވެ؟ ޒުމަރް ސޫރަތުގެ 73 ވަނަ އާޔަތަށް ވިސްނާށެވެ! "އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވިމީހުން، ބައިބައަށް ސުވަރުގެޔާދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިޔަށް، އެއުރެންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!"

ވީއިރު މިއަދު މީސްތަކުންނާއި ސަލާމްކުރަން ބޮޑާވާ މީހުން، މީސްތަކުންގެ ސަލާމަށް ޖަވާބު ނުދީ ބޮޑާވާ މީހުން ސުވަރުގޭގެ ބަނޑޭރިންގެ ސަލާމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ މިކަމަށް ކީރިތި ޤްރްއާނުގެ އަލީގައި ވިސްނައިލަމާހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް