އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު
ސުވާލު:. އަންހެން ވެރިންނަށް އިންނާނެ ނޫންތޯ ކޯޓުގަ މިހާރު އިއްދައިގެ ލާރި، އަންހެނުން ވިދާޅުވީ އިއްދަ ކަނޑާފަ ތިމަންނަ ވަގުތުން ވަގުތަށް މިނިވަން ކޮށްދޭށޭ ބުނީމަ، ދެން ދީނުގަ އޮންނަނީ ކޮންކަހަލަ ޙުކުމެއްތޯ އެކަމަށް.؟
ޖަވާބު:. ޢިއްދާގެ ލާރި ކެނޑި ކަމުގައިވީ ނަމަވެސް އޭނަ ޢިއްދާގަ އިންނަން ޖެހޭނެ. ކާވެނި ކޮށްފަ އަނބިމީހާ ޔާ އެކުގާ ރޭކޮށްފަ ވާކަމަށް ވަނީނަމަ އަނބިމީހާ ޢިއްދާގަ އިންނަން ޖެހޭނެ. ޢިއްދާގަ އިންނަން ނުޖެހޭނެ ޙާލަތަކަށް އަންނާނީ ކާވެނި ކުރުމަށްފަހުގާ ރޭނުކޮށް ވަރިކޮށްފި ކަމަށް ވަނީނަމަ.
އެޙާލަތުގާ އޭނާ ޢިއްދާގައި އިންނާކަށް ނުޖެހޭނެ. ﷲ ވަޙީ ކުރައްވާފައިވަނީ " يَا أَيُّهَا الَّذِيْنَ آمنُوا إِذَا طَلَّقْتُمُ النِّسَاء " ކޮންމެއަކަސް އާޔަތުގެ މާނައިގާ މިއަންނަނީ ރޭކުރުމުގެ ކުރިން ވަރިކޮށްފި ކަމަށްވަނީނަމަ އެކަނބަލުން ޢިއްދާގައި ބެހެއްޓުމެއް ނެތޭ! އެހެންނަމަވެސް ރޭކޮށްފި ކަމަށް ވަނީނަމަ ޢިއްދާގައި އިންނަން ޖެހޭނެ.
ޢިއްދާއަކީ އެއީ ޕީރިއަޑްވާ އަންހެނެއް ކަމަށް ވަނީނަމަ ތިންފަހަރަށް ޕީރިއަޑް ވެފަ ރަގަޅުވަންދެން. ދެން ޕީރޭޑް ނުވާ މީހެއްކަމަށް ވަނީނަމަ ތިންމަސް ދުވަސް ވަންދެން.
އަޙްޒާބު ސޫރަތުގެ 49 ވަނަ އާޔަތުގާ މިއަންގަވަނީ " يَا أَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ " އޭ އީމާން ވެއްޖެ މީސްތަކުންނޭ ތިޔަބައިމީހުން މުއުމިނު އަންހެން ކަނބަލުންނާ ކާވެނި ކޮށްފަ " ثُمَّ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ " އެކަނބަލުންނާ ރޭކުރުމުގެ ކުރިން އެކަނބަލުން ވަރިކޮށްފި ކަމަށް ވަނީނަމަ " فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا " އެހެންކަމަށް ވަނީނަމަ އެކަނބަލުން ޢިއްދާގަ ބެހެއްޓުމެއް ނެތޭ! އެހެންވީމާ، ރޭކުރުމުގެ ކުރިން ވަރިކޮށްފި ކަމަށް ވަނީނަމަ ޢިއްދާގަ ހުރުމެއްނެތް. އެހެން ނަމަވެސް ރޭކޮށްފި ކަމަށް ވަނީނަމަ އަދި އަނބިމީހާ ޢިއްދައިގެ ޚަރަދު ކަނޑާލަދިން ކަމުގާވީ ނަމަވެސް އޭނަ ޢިއްދާގައި އިންނަން ޖެހޭނެ. އެއީ ޚަރަދު ކަނޑާލަދިނުން ޢިއްދައިގެ ތެރޭގައި ކުރަންޖެހޭ ޚަރަދު އެކަމުން އަންހެންމީހާ ތަނާޒުލުވުން. އެއީކީއެއް އޭނަ ޢިއްދާގައި ނުހުރެ ސަލާމަތްވާން އޮތް މަގަކަށް ނުވާނެ.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
23 ޖޫން 2022