އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ ޙާލަކީ ކޮބާތަ؟ ހިތްތަކުގައާއި ކަންފަތްތަކުގައި ސިއްކަޖައްސަވައި، ބަންދުކުރައްވަވައި ލޯތަކުގެ މަތީގައި ފަރުދާ އަޅުއްވަވާފައިވާ ބައަކުވެއެވެ!

ތިބާގެ ޙާލަކީ ކޮބާތަ؟ ހިތްތަކުގައާއި ކަންފަތްތަކުގައި ސިއްކަޖައްސަވައި، ބަންދުކުރައްވަވައި ލޯތަކުގެ މަތީގައި ފަރުދާ އަޅުއްވަވާފައިވާ ބައަކުވެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

މިއީ ތިމާއަށް މިހުރެވޭ ޙާލު ބަލައިލަން ކޮންމެ މީހަކުވެސް ވިސްނާލަންޖެހޭނެ މުހިންމު ބައެއް ކަންކަމެވެ. 

އެބައެއްގެ ހިތްތަކުގައާއި ކަންފަތްތަކުގައި ސިއްކަޖައްސަވައި، ބަންދުކުރައްވަވައި ލޯތަކުގެ މަތީގައި ފަރުދާ އަޅުއްވަވާފައިވާ ބައަކުވެއެވެ! އެބައިމީހުންނާއިމެދު ވަޙީ ކުރައްވަވާފައިވަނީ އެއީ ބޮޑުވެގެންވާ ގަދަފަދަ ޢަޛާބް ހުރި މީހުން ކަމެވެ. 

އެފަދަ މީހުންނަށް ކިތަންމެ ވަރަކަށް ނަޞޭޙަތް ދިން ނަމަވެސް އިންޒާރު ދިން ނަމަވެސް އެކަމުން އެއްވެސް އަސަރެއް އެމީހުންނަކަށް ނުކުރާނެއެވެ! އެމީހުން އީމާނެއް ނުވާނެއެވެ. އެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ އެފަދަ މީހުން މުސްލިމުންނާއި ޢަދާވާތްތެރިވެގެން އުޅުމަކީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އެކަމުގެ ހުރިހާ ގެއްލުމެއް އޮތީ ހަމަ އެމީހުންނަށެވެ.  

ހަމަ އެފަދައިން ބައެއް މީހުންނަކީ ވަރަށް ބޮޑެތި މުނާފިޤުންނެވެ. ދޮގުވެރިންނެވެ. އެމީހުންނަކީ ކާފިރުންކަމުގައިވެ ކާފިރުންގެ ގޮތުގައި ތިބެ ވެސް އެމީހުންނަކީ މުސްލިމުން ކަމުގައި ބުނެ ހަދައެވެ. އެފަދަ މީހުންނާއިމެދު ﷲ ތައާލާ ވަހީ ކުރައްވަވާފައިވާ މި އާޔަތްތައް ނިކަން ކިޔައި ދަސްކޮށްބަލާށެވެ! 

ބައެއް މީހުންނަކީ ބޭރުފުށުން ތިމާމެންނަކީ މުސްލިމުން ކަމުގައި ދައްކައިގެން އުޅޭ މީހުންނެވެ. އެމީހުންނަށް ހީކުރެވެނީ އެމީހުންނަށް އެކުރެވެނީ ވަރަށް މޮޅު ކަމެއް ކަމަށެވެ. އެމީހުންގެ މަކަރުވެރި ރޭވުން ވަރަށް ކާމިޔާބު ކަމަށެވެ. ހަޤީޤަތުގައި ހުރިހާ ގެއްލުމެއްވެސް އޮތީ ހަމަ އެމީހުންނަށެވެ. އެމީހުން ގެއްލުން އެ ދެނީ ހަމަ އެމީހުންގެ އަމިއްލަ ނަފްސްތަކަށެވެ. 

"ހަމަކަށަވަރުން ކާފިރު ވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް އިންޒާރު ކުރެއްވިޔަސް ނުވަތަ އިންޒާރު ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން އީމާނެއް ނުވާނެތެވެ. 

، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބް ހުށްޓެވެ. 

އަދި އީމާންވެގެންވާ ބައަކު ކަމުގައި ނުވެތިބެ، ތިމަންމެން ﷲ އަށާއި ޢާޚިރަތް ދުވަހަށް އީމާން ވެއްޖައީމުއޭ ބުނާބައަކު، މީސްތަކުންގެ ތެރެއިންވެއެވެ.

(އެއުރެން ހީކުރާގޮތުގައި) ﷲއަށާއި އީމާންވެގެން ތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ ނަފްސްތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ." (ބަޤަރާ: 6.7،8،9)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް