އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ގިނަ ތަފާތު ކަސްރަތުތައްކުރާއިރު މަނާނުކޮށް ޔޯގާ މަނާކުރަންޖެހޭ ސަބަބު-: ޝައިޚް ޝާފިޢު

ރާއްޖޭގަ ގިނަ ތަފާތު ކަސްރަތުތައްކުރާއިރު މަނާނުކޮށް ޔޯގާ މަނާކުރަންޖެހޭ ސަބަބު-: ޝައިޚް ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު

ދީނުގެ ޢަޤީދާގެ ކަންކަމަކީ ޚިލާފު އުފެދިފައިވާ ފިޤްހީ މައްސަލަތައް ފަދަ ކަންކަމެއް ނޫނެވެ. ﷲ ގެ ދީނުގައި އެންމެ ގިނަ ކަންކަން ޙަރާމްވެފައިވަނީ ޢަޤިދާގެ ދިފާޢުގައެވެ. މީގެ 50 އަހަރު ފަހުން ޝިރްކުކުރެވިދާނެތީ މިއަދު އެތައް ކަމެއް ކުރުން އިސްލާމްދީނުގައި ޙަރާމްވެފައިވެއެވެ. 

ފުރާނަލީ ތަކެތީގެ ސޫރަކުރެހުމާއި މަހާނަ މަތީ ރޭނުން ފަދަ އެތައް ކަމެކެވެ. ޝިރްކަށް ގޮސްފައިވާ ހުރިހާ އެންމެން ގޮސްފައިވަނީ ޝިރްކަށް މަގުފަހިކުރާ ކަންކަމުގެ ޛަރީޢާއިންނެވެ. 

މިޤައުމުގައި ތަފާތު އެކި ކުޅިވަރުތައް ކުޅެ، އެކި އެކި ކަސްރަތުތައް ކޮށް، ޖިމްތައް ހަދާ، ބޮޑީ ބިލްޑްކޮށް ކަންތައް ކުރާއިރު އެކަން ކަން ޙަރާމްވެގެން ނޫޅެއެވެ. ޔޯގާގެ ވާހަކަ ދައްކަން ޖެހެނީ ސަބަބެއް އޮތީމައެވެ. މިއުޅެނީ އާދައިގެ ކަސްރަތެއް ޙަރާމްވެގެނެއް ނޫނެވެ. މިރާއްޖޭގައި ކުރާ ކަސްރަތުތަކުގެ ތެރެއިން ޔޯގާގެ ވާހަކަ އެ ކުރަން ފެށީއްސުރެ ދައްކަނީ ޢިލްމުވެރިންނަށް ބަޔަކު ފައިސާތަކެއް ދީގެނެއްނޫނެވެ. ދިވެހި މުސްލިމު ރައްޔިތުން ޝިރްކުގެ ތެރެއަށް ދުވަހެއްގެ ކޮޅުންވެސް ހިނގައިދާނެތީއެވެ

ބޮޑެތި މުންކަރާތް ތިމާގެ ލޮލަށް ނުފެނި އެ މަނާކުރަން އެއްވެސް މަސައްކަތެއް ދުލުންވެސް ނުކޮށް، އެ މަނާ ކުރާ ޢިލްމުވެރިންނާ ދިމާލަށް އެއްޗެހި ކިޔައި، އެ މުންކަރާތް ހުއްޓުވަން މަސައްކަތްކުރުމަކީ ސީރިއަސް ކްރައިމްއަކަށް ވާއިރު، ތިމާގެ އީމާންކަން އޮންނާނީ ކިހާ ހިސާބެއްގައިތޯ ސުވާލުކޮށްލަން ޖެހޭ! ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ ހިތުން މުންކަރާތް ނަހީ ކުރުމަކީ އީމާންކަމުގެ އެންމެ ދަށުދަރަޖަ ކަމަށް، ހިތުން މުންކަރާތް މަނާކުރާ މީހަކު މުންކަރާތް ދިފާޢުކޮށްފަ، އަދި މުންކަރާތް ނަހީކުރުން ގޯސްކޮށްފަ ވާހަކައެއް ނުދައްކާނެ!  

الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُم مِّن بَعْضٍ ۚ يَأْمُرُونَ بِالْمُنكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا اللَّهَ فَنَسِيَهُمْ ۗ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ ﴿التوبة ٦٧﴾

މުނާފިޤު ފިރިހެނުންނާއި، މުނާފިޤު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެއުރެން ނުބައިކަންތަކަށް އަމުރު ކުރެތެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެތެވެ. އަދި އެއުރެންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެއުރެން، اللَّه ހަނދުމަނެތި ކުރޫއެވެ. ދެން اللَّه އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން، މުނާފިޤުންނަކީ، ހަމަ ފާސިޤުންނެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް