އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުންވަރަކަށް އުފާކޮށް މަޖާކޮށްފަ ނިދާ މީހުންނޭވެ! ނިދުމަށްފަހު ދެން ހޭލެވުނީ ޤިޔާމަތް ދުވަހުގައި ކަމަށްވެއްޖެނަމަ...

ބޭނުންވަރަކަށް އުފާކޮށް މަޖާކޮށްފަ ނިދާ މީހުންނޭވެ! ނިދުމަށްފަހު ދެން ހޭލެވުނީ ޤިޔާމަތް ދުވަހުގައި ކަމަށްވެއްޖެނަމަ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

"ނިދުމަކީ ވެސް މަރުވުމެމެވެ. ވިސްނާ ބައަކަށް އިންޛާރެކެވެ. ތައުބާގެ މަތީގައި މެނުވީ ނުނިދަމާތޯއެވެ! ފަހަރުގައި ނިދުމަށްފަހު ދެން ހޭލެވޭނީ ޤިޔާމަތް ދުވަހުގައި ކަމަށްވެސް ވެދާނެއެވެ!"   

اللهم خلقت نفسي وأنت توفاها ، لك مماتها ومحياها إن أحييتها فاحفظها وإن أمتها فاغفرْ لها اللهم إني أسألك العافية 

އައްޒުމަރު ސޫރަތުގެ 42 ވަނަ ޢާޔަތުގައި ވަނީ މިފަދައިންނެވެ! 

"ނަފްސްތައް މަރުވާހިނދު، އެ ނަފްސްތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ ﷲ އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބައަކަށް ހެކިތަކެއްވާކަން ކަށަވަރެވެ." (އައްޒުމަރް: 42). 

ބިރެއް، އިމެއް ނެތި މަޖާކޮށްލާފައި ނިދާ މީހުންނޭވެ! ބިރުވެތިވާށެވެ! ފާފައެއް ކުރެވުނު ނަމަވެސް ތައުބާވާށެވެ! ތައުބާ ނުވެ ނުނިދާށެވެ! ނިދީން ނުހޭލެވި އޮއްވާ ފުރާނަ ހިއްޕަވައިފިނަމަ ތިމާގެ ޙާލާއިމެދު ވިސްނައިލާށެވެ!

 

- މަޢްލޫމާތު: ޝައިޚް އިލްޔާސް ޖަމާލް  

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް