އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖޭޕީގެ ޕީޖީ ލީޑަރަކަށް ޢަބްދުﷲ ރިޔާޟް، ނައިބް ލީޑަރަކަށް ޢަލީ ޙުސައިން ހަމަޖައްސަނީ

ޖޭޕީގެ ޕީޖީ ލީޑަރަކަށް ޢަބްދުﷲ ރިޔާޟް، ނައިބް ލީޑަރަކަށް ޢަލީ ޙުސައިން ހަމަޖައްސަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ޖޭޕީގެ ޕީޖީ ލީޑަރަކަށް ކިބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހަމަޖައްސައި ޕީޖީގެ ނައިބް ލީޑަރަކަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ހަމަޖައްސަން ނިންމައިފިއެވެ.

 

ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމަނިކުފާނު ހަމަޖެހުމާއި ގުޅިގެން ޕާޓީގެ ޕީޖީ ލީޑަރުކަމުން މިއަދު އެމަނިކުފާނު ވާނީ އިސްތިއުފާ ދެއްވާފައި ކަމަށެވެ.

 

މާދަމާގެ ވަގުތެއްގައި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައި ގްރޫޕުގެ ލީޑަރާއި ނައިބް ލީޑަރު ހަމަ ޖައްސާނެ ކަމަށާއި އެކަން އެގޮތަށް ކުރަން ޕީޖީ ގްރޫޕުގެ ހުރިހާ މެންބަރުންވެސް މިއަދު އެއްބަސްވެފައިވާ ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

 

ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ރިޔާޟްއަކީ ޕީޖީ ގްރޫޕުގެ ޑިޕިޔުޓީ ލީޑަރުވެސްމެއެވެ. ޕާޓީގެ ނައިބްލީޑަރުކަން ގެއްލިވަޑައިގަތީ ކޮންގްރެސް ބޭއްވިއިރު ޖަލުގައި އިންނަވަން ޖެހިވަޑައިގަތުމުންނެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު