އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ނަޝީދު ރައީސް ޞާލިޙަށް އިންޒާރުދެއްވައި ބިރުދައްކަވައިފި!

ރައީސް ނަޝީދު ރައީސް ޞާލިޙަށް އިންޒާރުދެއްވައި ބިރުދައްކަވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

ރައީސް ނަޝީދު ރައީސް ޞޯލިޙަށް އިންޒާރުދެއްވައި ބިރުދައްކަވައިފިއެވެ. ރައީސް ނަޝީދު މިމޭރުމުން ބިރުދެއްކެވިނަމަވެސް ރައީސް ނަޝީދު، ރައީސް ޞާލިޙް "ނިގޫފިތިފައި" ހުންނެވިނަމަ ލިވާޠުކުރި މީހުން ހިފައި ހައްޔަރުކުރަން ފަށާނެ ކަމަކަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ. 

ޚަބަރު ވީނިޔުސްއިން: 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އަންހެނަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ފޮޓޯތައް ފުލުހަށް ހުށަހަޅަންވީތޯ ވިދާޅުވެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޒާރުދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ގައުމީ މަޖިލީސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ރައީސް ޞާލިޙްގެ އަރިހުގައި އެމަނިކުފާނު އައްސަވަން ބޭނުންފުޅުވަނީ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށެވެ. އަދި ރައީސް ޞާލިހްގެ ބަދު އަހުލާގީ އަމަލު ހިންގާ ފޮޓޯތައް ޕޮލިސްގައި ފޮރުވީތޯ ސުވާލު ކުރެއްވިއެވެ.

އެމަނިކުފާނު ވަނީ، ރައީސް އަންހެނަކާއެކު ބަދުއަހްލާގީ އަމަލު ހިންގާ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަދައްކަވާފައި ވަނީ ލިވާތު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ބަންދުގެ މުއްދަތު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ދަނޑިވަޅެއްގައެވެ.

ބަންގުލަދޭޝްގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާނަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުވާ ނާޒިމްގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ސިއްރުކޮށްފައެވެ.

ފުލުހުން ކުރިއަށްގެން ދިޔަ އޮޕަރޭޝަނުގައި އިއްޔެ ނާޒިމް ހައްޔަރުކުރީ ވެލިގަނޑު ރިސޯޓުގައި ފިލައި ހުއްޓައެވެ. އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ އއ. ރަސްދޫއަށެވެ.އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މިއަދު 03:00 އަށް ތާވަލުކޮށްފައި އޮތް އިރު، އަޑުއެހުން ކުރިއަށްގެންދަނީ ސިއްރު ކޮށްގެން ކަމަށް ބުނެ ރަސްދޫ ކޯޓުން ވަނީ ނޫސްވެރިން ވައްދަން ދެކޮޅު ހަދާފައެވެ.

އެހެން ނަމަވެސް ދިވެހި ފުލުހުންގެ އިދާރާއިން ވަނީ ޝަރީއަތް ނިމުނު ގޮތުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކޮށްފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި 46 އަހަރުގެ ނާޒިމްގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.

ނާޒިމްގެ އިތުރުން މި މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ.

އަދި މިފަދަ ތުހުމަތެއްގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހިމް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މި މައްސަލަތައް ތަހުގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް