އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސަރޗް ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސަރޗް ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ކްލިކް ކޮލެޖު އާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އަދި އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީ ގުޅިގެން އިންތިޒާމުކުރާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސާޗް" (އައި.ސީ.ޓީ.އެސް.އާރު 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ. މި ކޮންފަރެންސް ކުރިއަށްދާނީ 2 އިން 5 އޯގަސްޓުގެ ނިޔަލަށް އއ. އުކުޅަހުގައެވެ. 

އައި.ސީ.ޓީ.އެސް.އާރު 2022 ގެ މިފަހަރުގެ ޝިއާރުކަމަށްވާ "ރީތިންކިންގ ޓޫރިޒަމް، ހޮސްޕިޓާލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓަރ ފިއުޗަރ" ގެ ދަށުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިގެންދާނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ހަރަކާތްތައް އަލުން ތަރައްޤީކުރެވޭނެ ގޮތްތަކެވެ. މިގޮތުން މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެ ހަރަކާތްތެރިވާ ފަރާތްތަކާއި ޕޮލިސީ ހަދާ ފަރާތްތަކާއި އެކަޑަމިކް ބޭފުޅުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ހުރި ގޮންޖެހުންތަކާއި މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކޮށް މަޝްވަރާ ކުރާނެއެވެ. 

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ފަދަ ހަރަކާތްތަކަށް އެއްބާރުލުންދިނުމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު