އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމަތިގަ ނިވާވާންޖެހޭ މިންވަރު- ޤުރްއާނުން

އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމަތިގަ ނިވާވާންޖެހޭ މިންވަރު- ޤުރްއާނުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 54 ސިކުންތު

"ޤުރްއާނުގަ އޮތް މިންވަރަށް އަޢުރަނިވާކުރަން ދެކޮޅުހަދާ ދިވެހި ކަނބަލުން ވިސްނައިލުމަށް!" ސުރުޚީގެދަށުން ލިޔުނު ލިޔުމުގައި ޤުރްއާނުގައި އޮތް މިންވަރު ބަޔާންވާ އާޔަތް ނެތުމުން ބައެއްކިޔުންތެރިން ވަނީ ސުވާލުއުފައްދަވައިފައެވެ. ވީމާ ލިޔުން އިތުރަށް ފުރިހަމަކޮށްލުމުގެ ގޮތުން ބަޔާންކޮށްލަމެވެ.

"އަދި މުއްމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އަޢުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއްމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲއަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (އަންނޫރު:31) 

މިއާޔަތުން އަޢުރައިގެ މިންވަރު: 

"އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ!" 

މިއީ ﷲ ތަޢާލާގެ އިންތަކެވެ. މީސްތަކުންނަށް އޮތީ ތަބަޢަވެ ޢަމަލުކުރުމެވެ. 

"މިއީ ހިލޭފިރިހެނުންގެ ކުރިމަތީގައި އަންހެނުން ކޮންމެހެން ނިވާކުރަންޖެހޭ އެންމެ ކުޑަމިނެވެ. އެއީ މީނާއި ދެއަތްތިލަ ފިލަވައި ހުރިހާތަނެކެވެ. މޫނުބުރުގާއެޅުމަކީ އެންމެ ފުރިހަމަ މިނެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޤުރްއާނުގަ އޮތް މިންވަރަށް އަޢުރަނިވާކުރަން ދެކޮޅުހަދާ ދިވެހި ކަނބަލުން ވިސްނައިލުމަށް! 

މިދައްކަނީ އެއްވެސް މީހަކަށް ނުއެނގޭ ކަންކަމުގެ ވާހަކައެއް ނޫނެވެ. ޓީވީތަކުންނާއި ނޫސްތަކުންނާއި ސޯޝަލްމީޑިއާއިން އަބަދު ފެންނަކަމެއްގެ ވާހަކައެވެ. 

ބައެއް ޤައުމުތަކުގައި މުސްލިމް އަންހެނުން ބުރުގާ އަޅައިގެން ތިއްބައި ފެނުމުން އެމީހުންގެ ބުރުގާ ގަދަކަމުން ބާލުވައި އަދަބެއްގެ ގޮތުން ފުލުހުން އެމީހުންގެ ގައިގައި އެއްތެލުން ތެޅުން ފަދަ އަނިޔާތައް ކުރެއެވެ. ބޮޑެތި އަދަދުތަކުން ޖުރުމަނާކުރެއެވެ. މޫނުބުރުގާއެއްނަމަ ޖަލަށްލައެވެ. 

އެހެންކަމާއިއެކުވެސް އެޤަުމުތަކުގައި ދިރިއުޅޭ މުސްލިމް އަންހެނުން ހިތްވަރު އެލުވައެއް ނުލައެވެ. ބުރުގާ އެއްލާލައި ބަރަހަނާއެއް ވެސް ނުވެއެވެ. ތަޅާފައި ދޫކޮށްލުމުން ހިނގައިގަންނަނީ ބުރުގާ އަޅައިގެންނެވެ. ދެވަނަ ފަހަރަށް ތަޅައިފި ނަމަ ލިބޭނެ އަނިޔާއަށްވުރެ އެމީހުން ބިރުވެތިވަނީ ﷲ ތަޢާލާގެ ޢަޛާބަށެވެ! 

އަހަރެންގެ ސުވާލަކީ މިފަދަ އެއްވެސް ހުރަހެއް ނެތް މުސްލިމް އަދި މުސްލިމް ނޫން ޤައުމުތަކުގެ ބައެއް މުސްލިމް އަންހެނުންނަށް މިއަދުވެފައި މިތިބީ ކީއްހެއްޔެވެ؟ އަމިއްލަ އިޚްތިޔާރުގައި އަޢުރަ ކަޝްފްކޮށްގެން އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟ މުސްލިމުންގެ ގޮތުގައި ތިބެމެ އެމީހުން އީމާންވާ އިލާހަކީ ﷲ ތަޢާލާ ނޫން އިލާހަކީ ހެއްޔެވެ؟ އެމީހުންނަށް ތަފާތު ޤުރްއާނެއް ފެނިގެން އުޅެނީ ހެއްޔެވެ؟ 

ނޫނެކެވެ! މިއިން އެއްވެސް ކަމެއް ވީއެއް ނޫނެވެ! އެމީހުންނަށް ﷲ ތަޢާލާގެ ފޮތާއި ދުރުވެވުނީއެވެ! ހިތުގައި ﷲ ތަޢާލާއަށް ލޯތްބެއް ނެތީއެވެ! އަދި ކައްވަޅުގެ ޢަޛާބަށާއި އާޚިރަތް ދުވަހަށް ބިރުވެތިކަމެއްވެސް ނެތީއެވެ! ޝައިޠޯނާގެ ބަސް ޤަބޫލުކުރެވި މަގުފުރެދުނީއެވެ! 

ލޮބުވެތި ކަނބަލުންނޭވެ! ބިރުވެތިވާށެވެ! އަމިއްލަ ހަށިގަނޑު ދައްކައި ނުވިއްކާށެވެ! އެއީ ތިއަ ލޮބުވެތި ކަނބަލުންގެ އަތުގައިވާ އެންމެ އަގުބޮޑު ޚަޒާނާއެވެ. އެންމެ އަގުހުރި ރައުސުލްމާލެވެ! އަގުވައްޓާލައި ނީލަން ނުކިޔާށެވެ! ޢިއްފަތްތެރިކަން ދިފާޢުކުރާށެވެ! ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް