އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަޤީންކަމާއެކު ސުވަރުގެ ވަނުމަށްޓަކައި ސީދާކޮށް ސާފުކޮށްލަންވީ ކުޑަކުޑަ ދެ ކަމެއް!

ޔަޤީންކަމާއެކު ސުވަރުގެ ވަނުމަށްޓަކައި ސީދާކޮށް ސާފުކޮށްލަންވީ ކުޑަކުޑަ ދެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ބުނާބަހުގައި އިޚްލާޞްތެރި، އަދި ސާފުހިތެއް އޮތް މީހަކު މިހާރު ނުފެންނަކަމަށް މީހުން އެބުނަނީ އެފަދަ މީހުން މަދުވުމުގެ ސަބަބުންނެވެ. ވީމާ ކަން އޮތްގޮތަށް ބަލައިލަމާ ހިގާށެވެ! 

އެންމެ ރަނގަޅު ނުވަތަ މަތިވެރި މީހަކީ ކޮބައިތޯ ރަސޫލް () ސުވާލު ދެންނެވި މީހަކަށް ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެއީ "ބުނާބަހުގައި (ދައްކާވަހަކައިގައި) އިޚްލާޞްތެރި، އަދި ސާފުހިތެއްގެ ވެރިއެއް" ކަމަށެވެ. 

މިޙަދީޘްފުޅަށް ބަލައިފިނަމަ ޙަދީޘްފުޅުގައިވާ 2 ކަންތައްވެސް ގުޅިފައިވަނީ ހިތާއިއެވެ. އެހެނީ އިޚްލާޞްތެރިކަމާއިއެކު ވާހަކަ ދެއްކޭނީވެސް ހިތުގައި އިޚްލާޞްތެރިކަން އޮވެގެން ކަމަށްވާތީއެވެ. ވީމާ މި ޙަދީޘްފުޅުން އެނގެން އޮތް ފަދަ ހިތެއްގެ ވެރިއަކަށް ސުވަރުގެ ވަނުމަށް އޮންނާނީ ކޮން ހުރަހެއް ހެއްޔެވެ؟ އެފަދަ ހިތެއްގެ ވެރިއަކަށްވުމަށްފަހު ސުވަރުގެ ވަންނަން ތައްޔާރުވާންވީއެވެ. އިން ޝާ ﷲ

އިޚްލާޞްތެރި ސާފު ހިތަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ "އެއީ ތަޤްވާވެރި، ފާފަ ނުކުރާ، އިންޞާފަށް ލޯބިކުރާ އަދި އެއްވެސް މީހަކާއިމެދު އެއްވެސް ކަމެއްގައި އެއްވެސް ބާވަތެއްގެ ހަސަދަވެރިކަން ނުބާއްވާ ހިތެއް" ކަމަށެވެ. 

ސާފު ޠޯހިރު ހިތެއްގެ ވެރިއަކަށްވުމަށްޓަކައި އެއްވެސް ބާވަތެއްގެ ހަސަދަވެރިކަމެއް ނުބޭއްވުމުގެ ތެރޭގައި ތިމާއަށް މީހަކު ގެއްލުމެއް ދިނުން ފަދަ ކަމެއް ކުރި ނަމަވެސް ހަސަދަވެރި ނުވުމާއި އެހެން މީހަކަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރި ނުވުން ވެސް ހިމެނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް