އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ތިމާއަށް ބޮޑު މުސާރައާ އަގުބޮޑު ފްލެޓާ ދުއްވާނެ އަގުބޮޑުކާރުދީގެން މިއުޅުނީ ފިރިމީހަކަން އެނގުނީ ފިރިމީހާގެ ފެންވަރުދައްކަމުން ވަރިވީފަހުން! ޖެހުނީ ހަތުރުއުދަރެސް ފެނު!

ޙަޤީޤީ ޙާދިސާ: ތިމާއަށް ބޮޑު މުސާރައާ އަގުބޮޑު ފްލެޓާ ދުއްވާނެ އަގުބޮޑުކާރުދީގެން މިއުޅުނީ ފިރިމީހަކަން އެނގުނީ ފިރިމީހާގެ ފެންވަރުދައްކަމުން ވަރިވީފަހުން! ޖެހުނީ ހަތުރުއުދަރެސް ފެނު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 55 ސިކުންތު

އެހެން މީހުން ފަދައިން އެދެމީހުންވެސް ކައިވެނިކުރީ ލޯބިވެގެން 2 އަހަރެއްހައި ދުވަހު އުޅެފައެވެ. ފިރިމީހާ މަސައްކަތްކުރަނީ ކުޑަވަރެއްގެ ކުންފުންޏެއްގައެވެ. ކައިވެނިކުރިތަނާހެން އަނބިމީހާއަށް ބޮޑު ކުންފުންޏެއްގެ އިސްމަޤާމެއް ލިބުނެވެ. އަދި އެކުންފުނިން ދިރިއުޅޭގެ ފެންވަރު ރަނގަޅު ފްލެޓެއްވެސް ދިނެވެ.  

ދިރިމީހާއަށް ލިބޭ މުސާރަ ކުޑަނަމަވެސް ގޭގެ ހުރިހާ ޚަރަދެއް ބަލަހައްޓައެވެ. އަނބިމީހާއަށް ބޭނުންވާ ކަންކަންވެސް ކޮށްދެއެވެ. އެހެންކަމާއިއެކުވެސް އަނބިމީހާއަށް ދުވަސްކޮޅަކުން ފިރިމީހާ ފެންނަން ފެށީ ވަރަށް ދަށުދަރަޖައިގެ މީހެއްގެ ގޮތުގައެވެ. އަދާކުރާ ވަޒީފާ ދަށްވެފައި މަސައްކަތްކުރާ ކުންފުނި ކުޑަވެފައި ލިބޭ މުސާރަ އަނބިމީހާއަށްވުރެ ކުޑަވުމުންނެވެ.

އެހެންވެ ފަރުވާކުޑަކުރަމުން ގޮސް އެކީ ބާކީކޮށްލިއެވެ. ހުރިހާ ކަމަކުން ދެރަކޮށް ނިކަމެތިކުރަމުން ގޮސް އެކުގައި އެއް އެނދުގައި ރޭނުކުރާ ހިސާބަށް ކަންކަން ދިއުމުން ފިރިމީހާ އަނބިމީހާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ލިބޭ މުސާރަ ކުޑަނަމަވެސް އަނބިމީހާއަށާއި ގެއަށް ބޭނުންވާ ހުރިހާ ކަންކަން ކޮށްދޭއިރު މައްސަލައަކީ ކޮބައިތޯ ސުވާލުކުރިއެވެ. ޖަވާބުގައި ބުނީ އޭނާ ބޭނުންވަނީ އެއް ފެންވަރުގެ ފިރިއެއް ކަމަށެވެ.  

އެވަރުންވެސް ފިރިމީހާ އަނބިމީހާއަކާ ޒުވާބެއް ނުކުރެއެވެ. ހަމައެކަނި ބުނީ ވިސްނައިގެން ކަންކަން ކުރުމަށެވެ. ފިރިމީހާގެވެސް ޙައްޤުތަކެއްވާނެކަން ޤަބޫލުކޮށްގެން ކުރިއަށް ދިއުމަށެވެ. އަނބިމީހާގެ ޖަވާބަކަށްވީ ކޯޓަށްގޮސް ވަރިވުމެވެ.

ވަރިވުމަށްފަހު އޮފީހަށް ނުކުތް ފުރަތަމަ ދުވަހު ގޮނޑީގައި އިށީންތަނާ އަންހެނަކު އައިސް ދިއްކޮށްލަނީ ސިޓީއެކެވެ. ސިޓީގައި އޮތީ މިއަދުން ފެށިގެން މަޤާމުން ވެސް ވަރިކުރީ ކަމަށާއި ކާރުގެ ތަޅުގަނޑި އާއި ދިރިއުޅޭ ފްލެޓްގެ ތަޅުދަނޑި މެންދުރު 12 ޖެހުމުގެ ކުރިން ރިސިޕްޝަނާއި ޙަވާލުކުރުމަށެވެ. ލިބުނު ސިހުމާއިއެކު ސިޓިގައިވާ ސޮޔަށް ބަލައިރު އެއްފެންވަރު ނޫންވެގެން އެމީހެއްގެ ގާތުން އޭނާވަރިވި ފިރިމީހާގެ ނަމާއި ސޮޔެވެ. ހައީބިއްޔަތު ޖަހާފައެއް ނެތެވެ.  

މޭޒުމަތީގައި ހުރި ފޯނުން ކުންފުނީގެ ސީއީއޯއަށް ގުޅާފައި "އަޙްމަދު އަނީސް" އަކީ މިކުންފުނީގެ ކާކުތޯ ސުވާލުކުރުމުން ބުނީ ޗެއާމަން ކަމަށެވެ. މިއީ އޭނާގެ އަމިއްލަ ކުންފުންޏެއް ކަމަށެވެ. "އަޙްމަދު އަނީސަކީ މެޑަމްގެ ފިރިމީހާނޫންތޯ؟ ހީކުރީ އެނގޭ ކަމަށް! އަނެއްކާ ކިހިނެއްވީތޯ؟"  

ދޭނެ ޖަވާބެއް ނެތުމުން ފޯނު ބާއްވާފައި ފިރިމީހާއަށް ގުޅާފައި ވަރަށް ބޮޑަށް މާފަށް އެދި އާދޭސްކުރިއެވެ. މިހައިތަނަށް ހުރެވުނީ ހުވަފެއްގައި ކަމަށްބުނެ ރޯން ފެށިއެވެ. ފިރިމީހާ ބުނީ ދެން ރަނގަޅުވާނީ ހުވަފެނުގައި ހުރުން ކަމަށެވެ. "ކަލޭ ވިސްނަނީ ފިރިމީހާއަކަށް ނޫން! ފިރިމީހާ ކޮށްދޭ ކަންކަމަކަށްވެސް ނޫން! މަޤާމަށާއި ފައިސާއަށް! އެކަމަކު ފައިސާ ނުލިބިގެން ކަލެއަށް ނުކޮށްދެވި އޮތީ ކޮންކަމެއް؟ ދެން ބުނަން! ސިޓީ ހިފައިގެން ގޮސް ތިހުރީ ކަލޭ މިހާތަނަށް އަދާކުރި ދެ ވަޒިފާ އަދާކުރަން އަހަރެން އިޚްތިޔާރުކުރި އަންހެނާ! ކަލޭ ކުރި މަސައްކަތް ކުންފުނީގައި ދެން ކުރާނީ އޭނާ! ގޭގައި ކަލޭ ކުރި މަސައްކަތްކުރާނީވެސް އޭނާ! އެކަމަކު ކަލޭ ގޭގައި މަސައްކަތްކުރި ގޮތަކަށް ނޫން އޭނާ މަސައްކަތްކުރާނީ! އެއީ އަހަރެން މަސައްކަތްކުރާ ކަލޭގެ ބަހުރުވައިން ކުޑަކުންފުނީގައި 5 އަހަރު އަހަރެންގެ ދަށުން މަސައްކަތްކޮށްފައިވާ އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ އަންހެނެއް! ކަލޭ އިއްޔެ ވަރިވަންދެން އޭނާއަކީ ހަމައެކަނި އޮފީސް މުވައްޒިފެއް! އޭނާއަށް ޑަބަލް ޕްރަމޯޝަން މިދިނީ މިއަދު! މިހާރު އެނގިއްޖެނު! ވަރަށް ހެޔޮދުޢާ ސަލާމް!" ބުނެފައި ފޯނު ކަނޑައިލީއެވެ. ރޮވޭވަރުން ވާހަކައެއް ނުދެއްކެއެވެ. ރޮމުން ރޮމުން ނުކުމެގެންދިއައީއެވެ.  

ބޮޑު މަޤާމާއި ލަގްޒަރީ ފްލެޓާއި ދުއްވި އަގުބޮޑުކާރު ގެއްލިގެންދިއައީއެވެ. ފިރިމީހާގެ އަގުވަޒަންނުކުރުމުންނެވެ. ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން އޮތުމުންނެވެ. ވަޒީފާ ގެއްލުމުން ކުރީގެ "ފްރެންޑުންނަށް" ގުޅައިގުޅައި ފޯނުވެސް ނުނެގިއެވެ. ލިބުނު ބޮޑު މުސާރައިން އެއްވެސް ފައިސާއެއް ސޭވްކުރެވިފައެއްވެސް ނެތެވެ. ޖެހުނީ ނިކަމެތި ޙާލުގައި އެނބުރި މައިންބަފައިންގެ ގާތަށްދާށެވެ.  

- ޝަމްސުއްނިސާ / ލާހޯރު، ޕާކިސްތާން   

(މިއީ ޑޯން ނޫހުގައި ޙަޤީޤީ ޙާދިސާއެއް ކަމަށް ލިޔެފައިވާ ވާހަކައެކެވެ.!)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް